Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ

ހިޖުރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން: ރައީސް

30 އޯގަސްޓު 2019 | ހުކުރު 14:01

މިއީ އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވަނީ ވިދާޅުވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 އޯގަސްޓު 2019 | ހުކުރު 14:01
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު

އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހިޖްރައިން 1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Advertisement - newsAdvertisement

ރައީސްގެ ޚިޠާބުގައި، މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ވިދާޅުވެފައި ވެއެވެ. ރައީސްގެ ޚިޠާބުގައި ޤައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޙިޠާބުގައި ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި، ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޢާއިލީ ގުޅުންތަކާއި، އިޖްތިމާޢީ ރަޙްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2019

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ މަގާމުން ވަކިކުރުމުގެ ބާރު ލިބިދޭ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް

20 އޯގަސްޓު 2019
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ މަގާމުން ވަކިކުރުމުގެ ބާރު ލިބިދޭ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް
25 ޖުލައި 2018

ޕީއެސްއެމް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ފާސްކޮށްފި

25 ޖުލައި 2018
ޕީއެސްއެމް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ފާސްކޮށްފި
18 ފެބުރުއަރީ 2018

ބްރޯޑްކޮމް އިން އުޅެނީ ވައްކަމާއި އަނިޔާއާއި ފަސާދަ ފޮރުވަން: އަދާލަތު

18 ފެބުރުއަރީ 2018
ބްރޯޑްކޮމް އިން އުޅެނީ ވައްކަމާއި އަނިޔާއާއި ފަސާދަ ފޮރުވަން: އަދާލަތު
12 އޮކްޓޯބަރު 2017

ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ

12 އޮކްޓޯބަރު 2017
ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ
03 އޯގަސްޓު 2017

ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު

03 އޯގަސްޓު 2017
ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު
23 ޖުލައި 2017

އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު

23 ޖުލައި 2017
އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު
12 ޖޫން 2017

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް

12 ޖޫން 2017
ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް
25 މެއި 2017

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

25 މެއި 2017
މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން
12 މެއި 2017

ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ

12 މެއި 2017
ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ
02 އެޕްރީލު 2017

ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން

02 އެޕްރީލު 2017
ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް