Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ

12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:24

ބްްރޯޑްކޮމްއިން މައްސަލަތައް ބެލުމުގައި ހަމަހަމަކަމެއް ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:24
ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން "އަބުރުފުޅު ފަންޑް" ހުޅުވާލުން

ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން "އަބުރުފުޅު ފަންޑް" ހުޅުވާލުން

ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ޤާނޫނާ ޚިލާފަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރަސްއަޅަމުންދާ މައްސަލަ ރާއްޖެ ޓީވީން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.

ރާއްޖެ ޓީވީން މިމައްސަލަ ހުށަހަޅާފައި ވަނީ، ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރަން ބްރޯޑްކޮމްއިން ނިންމާފައި ވަނީ އަދުލު އިންސާފުގެ ހަމަތަކާ ޤާނޫންއަސާސީ އާއި ޤާނޫންތަކާއި ޚިލާފަށް ކަމަށް ދަންނަވައި، މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަންއަށް ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. މިސިޓީގައި ރާއްޖެ ޓީވީން ވަނީ ބްްރޯޑްކޮމްއިން މައްސަލަތައް ބެލުމުގައި ހަމަހަމަކަމެއް ނެތުމާއި، ވަކި ފަރާތަކަށް ޖެހިގެން ކަންކަން ނިންމަމުންދާކަން ތަކުރާރުކޮށް ފާހަގަކުރެވޭ މައްސަލަ ބަލައިދިނުމަށް ވެސް މީޑިއާ ކައުންސިލަށް އެދިފައެވެ.

Advertisement - newsAdvertisement

މިމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައި ވަނީ، މީޑިއާ ކައުންސިލްގެ ޤާނޫންގެ 2 ވަނަ މާއްދާގައި ކައުންސިލްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި، އެމިނިވަންކަމަށް އުނިކަމެއް އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުން ހިމެނިފައިވާތީއެވެ. އެހެން ކަމުން ބްރޯޑްކޮމް އިން ޤާނޫނާއި ޚިލާފަށް ރާއްޖެ ޓީވީއާ މެދު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅޭހުރަހާއި، އެމައްސަލަތައް ބެލުމުގައި ހަމަހަމަކަން ނެތުމާއި، ރާއްޖެޓީވީއަށް ބޮޑެތި އަދަބު ދިނުމަށް އެކޮމިޝަނުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ މަައްސަލަ ހުޅުވާލެވިފައިވާ މަޖިލީހެއްގައި ބަލައިދިނުމަށް ރާއްޖެ ޓީވީން ވަނީ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ރާއްޖެ ޓިވީއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލާފައިވާތި އާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާތީ، ބްރޯޑްކޮމްގެ ނިންމުތަކުގެ ބައެއް ތަފްޞީލް ހޯދުމަށް އެކޮމިޝަނުގައި ވެސް ރާއްޖެ ޓީވީން ވަނީ އެދިފައެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ސޮއެކުރައްވައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި އެދިފައި ވަނީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ތިން މައްސަލައިގައި ރާއްޖެ ޓީވީއާ ދެކޮޅަށް މައްސަލަ ނިންމި މަދަނީ މިންގަނޑު ސާފުކޮށްދިނުމަށެވެ. އަދި މިމައްސަލަތަކުގެ ތަހުގީގް ބިނާކުރި އަސާސްތައް ބަޔަންކޮށްދިނުމާއެކު، އަބުރުގެ ޤާނޫންގެ ދަށުން މައްސަލަ ބެލުމަށާއި ތަހުގީގްކުރުމަށް އެދި މައްސަލަ ހުށަހެޅުމަށް އެކޮމިޝަނުން އެކަށައަޅައި އަމަލުކުރާ އުޞޫލު ހާމަކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ހަމައެއާ އެކު ރާއްޖެ ޓީވީ މިހާތަނަށް 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއިރު، އެއް މިލިއަން ރުފިޔާއާއި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަތަކުގައި، އެމައްސަލަތައް ހުށަހެޅި ފަރާތްތައް ހޯދުމަށް ވެސް ބްރޯޑްކޮމްއަށް ރާއްޖެ ޓީވީން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ ދެކޮޅަށް މައްސަލަތަކުގައި ވަކިކޮޅަށް ބުރަވަމުންދާ ކަމަށް ތުހުމަތުކުރެވިފައިވާ މިދަނޑިވަޅުގައި، ޖޫރިމަނާކުރި ތިން މައްސަލައިގައި، މައްސަލަ ނިންމި ބައްދަލުވުންތަކުގެ ކޮމިޝަންގެ ހާޒިރީ އާއި ވޯޓުދިން މެމްބަރުންގެ ރައުޔު ހާމަކޮށްދިނުމަށް ވެސް ރާއްޖެ ޓީވީން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2017
މަޖިލިސް މެމްބަރުންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް!
03 އޮކްޓޯބަރު 2017

ބްރޯޑްކޮމްއިން ރޭގަނޑު ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން، ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެޓީވީ

03 އޮކްޓޯބަރު 2017
ބްރޯޑްކޮމްއިން ރޭގަނޑު ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން، ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެޓީވީ
21 އޯގަސްޓު 2017

ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

21 އޯގަސްޓު 2017
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
03 އޯގަސްޓު 2017

ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު

03 އޯގަސްޓު 2017
ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު
24 ޖުލައި 2017

މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް

24 ޖުލައި 2017
މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް
23 ޖުލައި 2017

އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު

23 ޖުލައި 2017
އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު
20 ޖުލައި 2017

ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު

20 ޖުލައި 2017
ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު
25 މެއި 2017

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

25 މެއި 2017
މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން
12 މެއި 2017

ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ

12 މެއި 2017
ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ
02 އެޕްރީލު 2017

ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން

02 އެޕްރީލު 2017
ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް