Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕަބްލިކް ސާރވިސް މީޑިއާ ގާނޫނު

ޕީއެސްއެމް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ފާސްކޮށްފި

25 ޖުލައި 2018 | ބުދަ 11:55

މިބިލް ފާސްކުރީ ޒަރޫރީ ހާލަތުގެ ދަށުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖުލައި 2018 | ބުދަ 11:55
ޕީއެސްއެމް ބޯޑުގެ ބައެއް މެމްބަރުން: މަޖިލީހުގެ ރުހުމަކާއި ނުލައި ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަނުކުރެވޭ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައި

ޕީއެސްއެމް ބޯޑުގެ ބައެއް މެމްބަރުން: މަޖިލީހުގެ ރުހުމަކާއި ނުލައި ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަނުކުރެވޭ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައި

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ނުޖެހޭ ގޮތަށް، ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު މަދުކޮށް، މެންބަރުން އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޕީއެސްއެމް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ ވޯޓަށް އެހުމަށް އެޖެންޑާ ކުރެވިފައި ވަނީ ވަރަށް މުހިއްމު ބިލްތަކެއް ކަމަށާއި އެ ފަދަ ބިލްތަކަށް ވޯޓަށް އަހާއިރު، ޖަލްސާގައި ވަކި އަދަދަކަށް މެމްބަރުން ތިބެންޖެހޭ ކަމަށާއި ނަމަވެސް އެ އަދަދަށް މެމްބަރުން ބައިވެރިވެފައި ނުވާ ކަމަށެވެ. އެހެންކަމުން މަސީހު ވަނީ އެބިލްތަކަށް ވޯޓަށް ނާހައި، ޖަލްސާ ނިންމާލާފައެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން މަޖިލީހުން ނިންމާއިރު، އެޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެންޖެހެ ވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުންނެވެ. އެހެންކަމުން އެފަދަ ބިލަކަށް ވޯޓަށް އެހޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ފަސް ބިލަކަށް ވޯޓަށް އެހުމަށް ތާވަލް ކޮށްފައި ވާއިރު، ޒަރޫރީ ހާލަތެއް ކަމަށް ވިދާޅުވެ، ޕީއެސްއެމް ގާނޫނަށް އެކަނި ވޯޓަށް އެހުމަށް ފަހު ދެންހުރި ބިލްތަކަށް ވޯޓަށް ނާހާ ޖަލްސާ ވަނީ ނިންމާލާފައެެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، މުހައްމަދު އިސްމާއިލް، ޕީއެސްއެމް ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އެ ކޮމެޓީން އެ ބިލު ދިރާސާ ކުރުމަށް ފަހު، ތަޅުމަށް ފޮނުވަން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ ވޯޓުން އެކަންޏެވެ. ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބިލު ދިރާސާ ކުރަން ބޭއްވީ އެންމެ ދެ ބައްދަލުވުމެވެ.

މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ޕީއެސްއެމްގެ ގާނޫނަށް ގެންނަ އެ ބަދަލަށް އަމަލު ކުރަން ފެށުމާ އެކު، 10 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ. އެ އިސްލާހުގައި ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންގެ ބޯޑު ވަނީ ފަސް މެމްބަރުންނަށް ދަށް ކުރުމަށް ވެސް ހުށަހަޅާފައެވެ.

އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑަށް އަލަން މެމްބަރުން އައްޔަން ކުރަންޖެހޭނެއެވެ. ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި، މ. ޕެޓީވިލާ އާމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލެވެ.

އެ ހަތް މެމްބަރުން ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރީ މަޖިލީހަށް ހުށަހަޅައި، އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ރުހުން ދިނުމަށް ފަހުގައެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އަލަަށް އެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނަށް މަޖިލީހުން ރުހުން ހޯދާކަށް ނުޖެހެއެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންގެ ބޯޑުން ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން، ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ. ނަމަވެސް އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ހަތް އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް