Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން

ހާއްސައެހީ ބޭނުންވާ ކުއްޖަކަށް ދޮގު ހެކިބަސް ދޭން މަޖުބޫރު ކުރި މައްސަލައެއް ކޮމިޓީން ބަލަނީ

މައްސަލަ ހުށައެޅުއްވީ އަހުމަދު ހިޝާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2019 | ހުކުރު 07:13
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ހާއްސައެހީއަށް ބޭނުންވާ ދެމައިންގެ މައްސަލައެއް ބެލުމުގައި ފުލުހުންނާއި ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށައިފިއެވެ.

ކުޑަ ކުދިންގެ ހައްޤުތަކަށް މަސައްކަތް ކުރައްވާ ފަރާތެއް ކަމަށްވާ އަހުމަދު ހިޝާން ހުށައެޅުއްވި މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ދެމައިންނާ ގުޅޭ މައްސަލަތަކެއް ބެލުމުގައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ޖެންޑަރ މިނިސްޓްރީ ފަދަ މުއައްސަސާތައް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ ހުށައެޅުއްވި މައްސަލައެކެވެ.

Advertisement - newsAdvertisement

އެގޮތުން މި މައްސަލައިގައި ހިމެނޭ ކުއްޖާގެ އުމުރުން 16 އަހަރުގައި ފުލުހުން އޭނާއަށް މައްސަލައެއްގައި ދޮގު ހެކި ދިނުމަށް މަޖުބޫރު ކުރި ކަމަށާއި، އެކަން ކާމިޔާބު ނުވުމުން ކުށްވެރިކޮށް ޖިނާއީ ދައުވާއެއްގެ ދަށުން ޖަލަށްލި ކަމަށް ހިސާން ބުނެފައިވެއެވެ. އެގޮތުން އޭރު 2015 ވަނަ އަހަރުގައި މައްސަލައިގެ ހެކިބަސް ނަގަން އުޅުމުން ފުލުހުން އަނިޔާ ކުރި ކަމަށާއި، ދޮގު ހެކި ދިނުމަށް މަޖުބޫރު ކުރި ކަމަށް އެކުއްޖާ ގާޒީ ކުރިމަތީގައިވެސް ވަނީ ބުނެފައެވެ. ނަމަވެސް 2017 ވަނަ އަހަރު އޭނާގެ މައްޗަށް އަލުން ޖިނާއީ ދައުވާކޮށް، މައްސަލައިގެ ތަހުޤީޤުގައި އުޅުނީ ކުރިން އަނިޔާކޮށް މަޖުބޫރު ކުރި ފުލުހުން ކަމަށްވެސް ހިސާން ވަނީ ފާހަގަ ކުރައްވާފައެވެ.

ހިސާން އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީން ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ކަމަށާއި، 2015 ވަނަ އަހަރު އަނިޔާ ކުރި މައްސަލަ ޖެންޑަރ އިން އޭރު ހުށައަޅާފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު އެންޓި ޓޯޗަރ ޤާނޫނު ވުޖޫދުވި ފަހުން ޓޯޗަރގެ މައްސަލަތައް ބަލަން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް ލާޒިމު ކޮށްފައިވާއިރު، އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށައެޅުމުގެ ބަދަލުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށައެޅުމަކީ ޖެންޑަރ މިނިސްޓްރީގައި އެކަމުގައި އުޅުނު ފަރާތްތަކުން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިނޫން މިންވަރު ދޭހަވެގެންދާ ކަމެއް ކަމަށް ހިސާންއާއި، މި މައްސަލައިގެ ވަކީލުންގެ ގޮތުން ކޮމިޓީއަށް ހާޒިރުވި ޤާނޫނީ ވަކީލު މުހައްމަދު މިހުފާޒުއާއި، އަހުމަދު މަޒީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ހިސާން އިތުރަށް ވިދާޅުވީ، ޖަލުގޮޅީގައި އޮތްއިރު އެކުއްޖާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަމަށްވެސް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަަމަށެވެ. އެގޮތުން އެކުއްޖާގެ ނަފްސާނީ މައްސަލަ ހުރިކަން ފާހަގަކޮށް އައިޖީއެމްއެޗްގެ ނަފްސާނީ ޑޮކްޓަރުންނާއި، މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ އައިޝަތު އަލީ ނާޒްވެސް ލިއުން ދިން ކަމަށާއި، ނަމަވެސް އެ ހުރިހާ ލިއުމެއް "އޯވަރ ރޫލް" ކުރީ ޕީޖީ އޮފީހުގެ ކްލިނިކަލް މުވައްޒަފުންތަކެއްގެ އެސެސްމަންޓަކަށް ބަލައި ކަންވެސް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، އެކުއްޖާގެ މަންމައަކީވެސް ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި، "ސްކިޒޯފްރޭނިއާ" ތަހައްމަލު ކުރާ ފަރާތެއް ކަމަށް ޓީމުން ބުނެފައިވެއެވެ. އެގޮތުން އޭނާއަކީ ރަނގަޅަށް ވާހަކަ ނުދެއްކޭ ފަރާތެއް ކަމަށާއި، ނަމަވެސް ފުލުހުން މަންމަގެ ބަޔާން ވެސް ނަގާފައިވާއިރު، އެ ބަޔާނުގެ ސައްހަކަމާމެދު ސުވާލުއުފެދޭ ކަމަށް ހިސާން ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް، ފުލުހުންނާއި މި ކޭސްއާ ގުޅުންހުރި މުއައްސަސާތަކުގެ ގިނަ މައްސަލަތަކެއް ޓީމުން ފާހަގަކޮށްފައިވާއިރު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ މި މައްސަލައިގައި އެ މުއައްސަސާތަކުން ވެފައިވާ އިހުމާލު ބެލުމަށް އެކަމާ ގުޅުންހުރި މުވައްޒަފުން ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށައަޅާފައެވެ. އެގޮތުން ނާޒިމް ވިދާޅުވީ، މަދު އޮފިސަރުންތަކެއް ކުރާ ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެގެން ނުވާނެ ކަމަށާއި، މި މައްސަލަ ހިނގާ ދިޔަ ގޮތާއި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވާންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ އިތުރުން ޖެންޑަރ މިނިސްޓްރީއާއި ޕީޖީއިން މި މައްސަލައިގައި އަމަލުކުރި ގޮތް ބަޔާންކޮށް ލިއުމުން ކޮމިޓީއަށް ޖަވާބުދާރީވުމަށް ވަނީ ހުށައަޅާފައެވެ. މި ހުށައެޅުން ކޮމިޓީން ވަނީ ފާސްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު