Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެަމަޖިލިސް 2019

އެއްބަސްވުންތަކާއި ހިލާފުވެގެން ބަދަލުގެގޮތުގައި ދޭންޖެހޭ ތަފްސީލް ހުށަހެޅުމަށް ގޮވާލާ ގަރާރެއް

27 އޯގަސްޓު 2019 | އަންގާރަ 08:43

ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 27 އޯގަސްޓު 2019 | އަންގާރަ 08:43
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ނިމިދިޔަ ސަރުކާރުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ޚަރަދުކުރަންޖެހިދާނޭ ކަމަށް ލަފާކުރެވޭ ފާއިސާގެ ތަފްސީލް ބަލައި، އެ މައުލޫމާތު މަޖިލީހަށް ހުށަހެޅުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު 26 އޮގަސްޓްގައި މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ގަރާރުގެ ފުރަތަމަ ކިޔުންވަނީ އަންގާރަދުވަހުގެ ޖަލްސާގައި އިއްވާފައެވެ.

Advertisement - newsAdvertisement

ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި އެކިފަރާތްތަކާއެކު އެކުލަވާލެވޭ އެއްބަސްވުންތައް ތަންފީޒްކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެއްބަސްވުން ބާތިލުވާ ހާލަތްތަކުގައި ގެއްލުންވާފަރާތްތަކަށް ބަދަލު ދިނުމުގައި ހަރުދަނާ އުސޫލްތަކެއް ގާއިމްކުރެވިފައިނުވާތީ، އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ސިޔާސީ ސަބަބުތަކަށްޓަކައި، އަދި ބޭއިންސާފުން ނިމުމަކަށް ގެނައުމުގެ ސަބަބުންނާއި، އެކި ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފާއިސާ ނުދައްކައި ގަސްތުގައި ލަސްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ ވިޔަފާރިތަކަކަށް އެކަމުގެ ގެއްލުން ތަހައްމަލް ކުރަންޖެހި، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާތީ އާއި، އެކަމުގެ ސަބަބަކަށް މެދުވެރިވީ ދައުލަތުން އަދާކުރަންޖެހޭ ފާޅުކަން ބޮޑު ޒިންމާއާ ޚިލާފަށް، ނުރަނގަޅު ނިޔަތް އިސްކޮށްގެން ނިންމާފައިވާ ބޭއިންސާފު ނިންމުންތައްކަން ހާމައަށް ފެންނަން އެބައޮތް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ އެފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ތަހައްމަލް ކުރަންޖެހުނު ފަރާތްތަކަށް އެކަމުގެ ހައްގު ބަދަލު ލިބިދިނުމަކީ ދައުލަތުން އަދާކުރަންޖެހޭނެ ޒިންމާއެއްކަން ގަބޫލުކުރެވޭ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން ގަސްތުގައި ކޮށްފައިވާ އެފަދަ އަމަލުތަކުގެ ސަބަބުން ގެއްލުންވިފަރާތްތަކަށް ބަދަލު ދިނުމުގެ ޒިންމާ މި ސަރުކާރަށް އުފުލަންޖެހުމަކީ ދައުލަތުގެ ބަޖެޓަށް އެކަމުގެ ސަބަބުން އަސަރުކުރަނޭ އަދި، ދައުލަތުގެ ހުރިހައި ރައްޔިތުންގެ މަސްލަހަތާއ ސީދާގޮތުން ގުޅިފައި އޮތް މައްސަލައެއް ކަމަށެވެ.

ދައުލަތުގެ ނަމުގައި އެކިފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކަށް އަމަލުނުކުރުމުގެ ސަބަބުން، ނުވަތަ ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާ ނުކުރުމުގެ ސަބަބުން ދައުލަތުން ބަދަލުދޭންޖެހޭ ހާލަތްތަކުގައި، ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިފައިވުމަކީ ތަހްޒީބް މުޖްތަމައުތަކުގައި އަމަލުކުރަމުން ގެންދާ އުސޫލެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ލޭޓް ޕޭމަންޓް އެކްޓް 1998 ގެ ދަށުން، ދަރަނިވެރިޔާއަށް ޖޫރިމަނާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ ސެންޓްރަލް ބޭންކުގެ ރިފަރެންސް ރޭޓުގެ އިތުރުން 8 ޕަސެންޓް ގެ މިންވަރެއްކަމާއި، ޔޫރަޕިއަން ޔޫނިއަން ލޯ ގެ ދަށުން ޔޫރަޕްގެ ގައުމުތަކުގައި، ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދު ވަކިވަކި ގައުމުތަކުގެ ގާނޫނުގައި ކަނޑައެޅުން ލާޒިމްވެގެންވާ ކަމަށެވެ. އެގޮތުން އީޔޫގެ ގައުމުތަކުން ކަނޑައަޅާ އެޑިޝަނަލް ރޭޓް އެއްވެސް ހާލެއްގައި 8 ޕަސެންޓް އަށްވުރެ އިތުރުވެގެން ނުވާނޭކަމާއި، އިސްލާމީ ދައުލަތްތަކަށް ބަލާއިރު، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ކޮމާޝަލް ކޯޑްގެ ދަށުން، ޖޫރިމަނާގެ ގޮތުގައި އެންމެ މަތިވެގެން ނެގޭނެ މިންވަރަކީ އަހަރަކަށް 12 ޕަސެންޓް ކަމާއި، ގަތަރުގެ ސިވިލްކޯޑަށް ބަލާއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާއިސާ ނަގައިދެވޭނީ އެ ގެއްލުމަކީ ހަގީގަތުގައިވެސް ތަހައްމަލްކުރަންޖެހުނު ގެއްލުމެއްކަން ސާބިތުކޮށްދެވޭ ހާލަތްތަކުގައި، ގެއްލުމެއްކަން ސާބިތުކޮށްދެވޭ ހާލަތްތަކުގައި، ގެއްލުން ތަހައްމަލްކުރަންޖެހުނު މިންވަރަށް ބަލައިގެންކަން ކަމަށެވެ.

ދިވެހިރާއްޖޭގައި މިފަދަ އުސޫލެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުން، ދައުލަތުގެ ނަމުގައި އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމާއި، އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން އެކި ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭންޖެހޭ އަދަދު އެފަރާތްތަކަށް ހަގީގަތުގައި ލިބެންޖެހޭ އަދަދަށްވުރެ އެތައް ގުނައެއް އިތުރުވެ، ނުހައްގު މަންފާއަކަށް މަގު ހުޅުވިގެންދާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތުން އެކިފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ތަނަކުން އިތުރުވެ، މުޅި ރައްޔިތުންގެ މަސްލަހަތާއި މަންފާއަށްޓަކައި ރޭވިފައި ހުންނަ ތަރައްގީގެ މަސައްކަތްތައް ތަންފީޒް ކުރުމަށް ހުރަސްއެޅިގެންދާ ކަމަށެވެ.

މި ކަމާއި ގުޅޭ ގޮތުން ހަތަރު ކަމެއް ސަރުކާރުގެ ސަމާލު ކަމަށް ގެންނަން މަޖިލިސް އިގްރާރްވުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހަވާލު ކުރީ ދީބާޖާ އިންވެސްޓްމެންޓަށް ދައުލަތުން 348 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓްއިން ވަނީ ހުކުމް ކޮށްފައެވެ. ދައުލަތުން ދިބާޖާއަށް ބަދަލުދޭން ސުޕްރީމް ކޯޓުން ހުކުމްކުރީ، ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން، ރައީސް ވަހީދުގެ ސަރުކާރުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް

16 އޯގަސްޓު 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް
26 ޖޫން 2017

ދިވެހިރައްޔިތަކު ޓެރެރިސްޓަކަށްވާން ޖެހޭ ގޮތް ސަރުކާރުން ހާމަކޮށްދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ދިވެހިރައްޔިތަކު ޓެރެރިސްޓަކަށްވާން ޖެހޭ ގޮތް ސަރުކާރުން ހާމަކޮށްދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
08 ޖޫން 2017

އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން

08 ޖޫން 2017
އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
18 އެޕްރީލު 2017

ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު އަދިވެސް ނުދޭ!

18 އެޕްރީލު 2017
ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު އަދިވެސް ނުދޭ!
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް