Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާސިމްގެ ގެ ބަލައިފާސްކުރުން

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

ފެންނާނީ ޔާމީން އަދާކުރަން ޖެހޭ ޙައްޤުތައް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އެޕްރީލު 2017 | އާދީއްތަ 20:17
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު، އެ ޕާޓީގެ ނައިބް ލީޑަރު އަީން އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު، އެ ޕާޓީގެ ނައިބް ލީޑަރު އަީން އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އޮފީހާއި ގެ ބަލާ ފާސްކުރުމުން ފެންނާނީ ރައީސް ޔާމީން ހޮވަން ޤާސިމް ކުރެއްވި ޚަރަދުގެ ތަފްސީލް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ސަރުކާރުގެ ސިޔާސީ ފިއްތުންތަކާހުރެ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަމީން މިފަދައިން ވިދާޅުވީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

އިމީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ޤާސިމްގެ އޮފީހާއި ތަންތަން ބެލުމުން ފެންނާނީ ޔާމީން ހޮވަން ޤާސިމް ކުރެއްވި ބުރަ މަސައްކަތާއި ޚަރަދުގެ ތަފްސީލް" ކަމަށެވެ. އަދި ޔާމީން އަދާކުރަން ޖެހޭ ޙައްޤުތައް ކަމަށެވެ.

އަމީން މިފަދައިން ވިދާޅުވެފައި މިވަނީ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި "އަދަދު ހަމަވެއްޖެ" ކަމަށް ޤާސިމް ވިދާޅުވުމާއެކު ކޯޓު އަމުރެއްގެ ދަށުން ޤާސިމްގެ ގެއާއި އޮފީސް ފުލުހުން ބަލާ ފާސްކޮށްފައި ވަނިކޮށެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ގާސިމް ދިރިއުޅޭ ގެ، މާފަންނު ވިލާއާއި، ގާސިމްގެ އޮފީސްތައް ކަމުގައިވާ، ވިލާ ބިލްޑިން އާއި ވިލާ ހައުސްވެސް އާދިއްތަ ދުވަހު ބަލާފާސްކޮށްފަ އެވެ.

ގާތްގަނޑަކަށް 02:00 ހާއިރު ފުލުހުން ގާސިމްގެ ގެއާއި އޮފީސް އިމާރާތްތައް ބަލާ ފާސްކުރަންފެށިއިރު، މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާ ލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހްމަތު ކުރެވޭ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރަމުންދާ ކަމަށް ތުހްމަތު ކުރެވިފައިވާ ކަމަށް މި އަމުރުގައި ބުނެ އެވެ.

ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ގައުމުގެ ސުލުހަ މަސަލަސްކަމާއި އަމާން އަމަންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް، ތުހްމަތު ކުރެވޭ މައްސަލައިގައި ވިލާ ބިލްޑިން އާއި މައްސަލަ އާއި ގުޅުންހުރި ތަކެތި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭ ގުޅުންހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

މި ކޯޓު އަމުރަކީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވާ ނެރެފައިވާ ކޯޓް އަމުރެކެވެ. ވިލާ ހައުސް އާއި މާފަންނު ވިލާވެސް ބަލާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ކޯޓު އަމުރުގެ ދަށުން ޤާސިމްގެ ފޯނުވެސް ވަނީ އަތުލާފައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
13 އެޕްރީލު 2017

ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި

13 އެޕްރީލު 2017
ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި
13 އެޕްރީލު 2017

ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި

13 އެޕްރީލު 2017
ޤާސިމްގެ ދެ ވަކީލަކަށް މިއަދު ކޯޓަށް ނުވަދެވޭނެ ކަމަށް އަންގައިފި
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު