Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލް- އެކައުންޓިންގ

އެކައުންޓިންގ ދާއިރާގެ ވަޒީފާތަކާ ދިވެހިން ހަވާލުވާންވީ ވަގުތު އަތުވެއްޖެ: އޮޑިޓަރ ޖެނެރަލް

27 އޯގަސްޓު 2019 | އަންގާރަ 08:03

އަމާޒަކީ ހުރިހާ ސެކްޓަރއެއްގެ އެކައުންޓިންގ ބައިގައިވެސް ދިވެހިން ތިބުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޯގަސްޓު 2019 | އަންގާރަ 08:03
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އެކައުންޓިންގ ދާއިރާގެ ވަޒީފާތަކާ ދިވެހިން ހަވާލުވާންވީ ވަގުތު އަތުވެއްޖެކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް 2019 އިފްތިތާހު ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ފުރަތަމަ ސެޝަނަށްފަހު "ރާއްޖެއެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޒިޔަތު ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކައުންޓިންގ ގެ ޕްރޮފެޝަން ދިވެހިންގެ އަތްމައްޗަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ބަލައި އެކަން މަގުފަހި ކުރުން ކަަމަށާއި، އަމާޒަކީ ހުރިހާ ސެކްޓަރއެއްގެ އެކައުންޓިންގ ބައިގައިވެސް ދިވެހިން ތިބުން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2015 ވަނަ އަހަރުން ފެށިގެން މިދާއިރާއަށް ދިވެހިން އިތުރު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެގޮތުން ދިވެހިންނަށް އޮޑިޓް ލައިސަންސް ދޭން ފެށުމާއި، ފަންނީ ގާބިލްކަން އިތުރު ކުރުމަށް ތަމްރީނުތަށް ފޯރުކޮށް ދިނުމާއި، ވިޔަފާރިވެރިންނާއި، އަދި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން ދިވެހިންނަށް ފުރުޞަތުތަށް ފަހިކުރެވޭނެ ގޮތްތަށް ހޯދަން މަސައްކަތް ކުރަމުންދާކަން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އެކުލަވާލެއްވުމަށްޓަކައި ދިވެހިރާއްޖޭގައި ޗާރޓަޑް އެކައުންޓިންގ އޯގަނައިޒޭޝަން އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެކަމާބެހޭ ބިލް ޑްރާފްޓްކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮފެޝަން ރެގިއުލޭޓް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވިގެންދާނެ ކަމަށާއި، އެކަމަށް ސަރުކާރާއި މަޖިލީހުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވީ، އެކައުންޓިންގ ޕްރޮފެޝަންގެ ރެގިއުލޭޓަރީ ބޮޑީއެއް ޤާއިމުކުރެވިގެން ދިއުމަކީ މިދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި މަޖިލީހުން އަދާކުރަންޖެހޭ ދައުރު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަަމަށެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވަރަށް މުހިއްމު ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްފައިވަނީ އިންސާފުުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަން ޔަގީން ކުރުމަށް އޮޑިޓަރުންނާއި އެކައުންޓެންޓުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ފޯރަމްގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ބައެއް އިސްވެރިންގެ އިތުރުން، އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް