Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

3 މަޝްރޫއުއަކަށް އޭޑީބީން 120 މިލިއަންގެ ޑޮލަރުގެ އެހީ ދެނީ

27 އޯގަސްޓު 2019 | އަންގާރަ 02:57

އަތޮޅުތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް އޭޑީބީން ދޭން ނިންމާފައިވަނީ 10 މިލިއަން ޑޮލަރު

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 27 އޯގަސްޓު 2019 | އަންގާރަ 02:57
މިނިސްޓަރު އަމީން(ކ)، އޭޑީބީގެ ރައީސް ޓަކަހިކޯ ނަކާއޯ(ވ)

މިނިސްޓަރު އަމީން(ކ)، އޭޑީބީގެ ރައީސް ޓަކަހިކޯ ނަކާއޯ(ވ)

ރާއްޖޭގައި ތަރައްޤީގެ ތިން މަޝްރޫއެއް ހިންގުމަށްޓަކައި 120 މިލިއަން ޑޮލަރުގެ އެހީ ދޭން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓްރީ އޮފް ފިނޭންސް އަދި އޭޑީބީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ރައީސް ޓަކަހިކޯ ނަކާއޯ ވިދާޅުވީ އެ ބޭންކުން ކުރިއަށް އޮތް ދެ އަހަރުތެރޭގައި ތަފާތު ތިން މަޝްރޫއެއް ހިންގުމަށް ރާއްޖެއަށް އެހީ ދިނުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވި ތިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ދޭ ފައިސާގެ އެހީއާއި އެދެވޭގޮތުގައި ކުނި މެނޭޖްކޮށް އެ ކުނިތައް އަންދައިގެން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ދޭ ހިލޭ އެހީގެ އިތުުރުން ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އިންޖީނުގެ ތަރައްޤީކުރުމަށް ދޭން ނިންމާފައިވާ ހިލޭ އެހީއެވެ.

ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހިންގަން ނިންމާފައިވާ މި މަޝްރޫއުތަކުގެ ތެރެއިން އަތޮޅުތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް އޭޑީބީން ދޭން ނިންމާފައިވަނީ 10 މިލިއަން ޑޮލަރެވެ. އަދި ކުނި އަންދައިގެން ކަރަންޓު އުފެއްދުމުގެ މަޝްރޫއަށް ދޭން ނިންމާފައިވަނީ 60 މިލިއަން ޑޮލަރެވެ. އިންޖީނުގެތައް ތަރައްޤީކުރުމަށް ދޭން ނިންމާފައިވަނީ 50 މިލިއަން ޑޮލަރުގެ އެހީއެވެ.

މީގެ އިތުރުން، އޭޑީބީގެ ފަރާތުން ވާހަކަ ދައްކަވަމުން ނަކާއޯ ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ހަމައެކަނި ހިލޭ އެހީގެ ގޮތުގައި އެހީތައް ވަމުން އައި ނަމަވެސް މިހާރު މާލީ ގޮތުން ރާއްޖެ ކުރިއަރާފައިވާތީ، ރާއްޖޭގައި ބޮޑެތި މަޝްރޫޢޫތައް ހިންގުމަށްވެސް އިތުރު ގޮތްގޮތުން އެހީ ފޯރުކޮށްދިނުމަށް އެބޭންކުން ނިންމާފައިވާކަމަށެވެ.

ޕްރެސް ކޮނފަރެންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފޯރުކޮށްދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ނަކާއޯ ވިދާޅުވީ ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫޢޫތައް ނޫނަސް، ކުރިއަށް އޮތްތަނުގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން އެސްއެމްއީ ފައިނޭންސްގެ ދާއިރާއިންވެސް އޭޑީބީން ރާއްޖެއަށް އެހީވުމާމެދު މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2018

ފެނަކައިން ހިންގި ތެލާއި ޑޮލަރުގެ ވިޔަފާރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ

11 އެޕްރީލު 2018
ފެނަކައިން ހިންގި ތެލާއި ޑޮލަރުގެ ވިޔަފާރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
03 ޖެނުއަރީ 2018

ޑޮލަރުގެ މައްސަލައިގައި ނިމާލްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

03 ޖެނުއަރީ 2018
ޑޮލަރުގެ މައްސަލައިގައި ނިމާލްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި
29 ނޮވެމްބަރު 2017

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

29 ނޮވެމްބަރު 2017
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
31 ޖުލައި 2017

ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2017
ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
09 ޖުލައި 2017

ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު

09 ޖުލައި 2017
ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު
14 ޖޫން 2017

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި
20 އެޕްރީލު 2017

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

20 އެޕްރީލު 2017
800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް