Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

ފެނަކައިން ހިންގި ތެލާއި ޑޮލަރުގެ ވިޔަފާރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ

11 އެޕްރީލު 2018 | ބުދަ 11:44

އެސްޓީއޯ އިން ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް އަމިއްލަ ފަރާތްތަކުގެ އަތުން ތެޔޮ ގަނެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އެޕްރީލު 2018 | ބުދަ 11:44
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު (ވ)

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު (ވ)

ސަރުކާރުގެ ސަތޭކަ ޕަސެންޓް ކުންފުންޏެއް ކަމުގައިވާ ފެނަކަ ކޯޕަރޭޝަންއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ބައެއް މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޮޑިޓް އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ނެރުނު ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ، 2014 އަދި 2015 ވަނަ އަހަރު އެކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަތައް ބަލަމުންދާ ކަމަށް ހަމަ އެދުވަސްވަރު އޭސީސީން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ނަމަވެސް އޭގެ ހައެއްކަ މަސް ފަހުން އެމައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ގުޅުމުން ވެސް އޭސީސީން ބުނީ އަދިވެސް އެމައްސަލަތަކުގެ ތަހުގީގު ނުނިމޭ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އޭސީސީން ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމުގެ ތަހުގީގު ކުރަމުން ދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ގަތުމާއި ތެޔޮ ވިއްކުމާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައް ފަހު ކޮރަޕްޝަންގެ އިނގިލި ވަރަށް ބޮޑަށް ދިއްކުރަމުންދިޔަ ފެނަކައިގެ ކޮރަޕްޝަންތަކެއް ފަޅާއަރާފައި މިވަނީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. އޭގެ ތެރޭގައި އެކި ފަރާތްތަކަށް މިލިއަނުން ފައިދާ ލިބޭ ގޮތައް ހިންގާފައިވާ ކަންކަމާއި ކޮރަޕްޝަން ހިންގުމަށް މަގުފަހިވާ ފަދަ ގޮތަކަށް ހުރި އެތައް ކަމެއް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްޓީއޯގެ ދަށުން ހިނގަމުން އަންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެފައިވެއެވެ. އަދި އެއް ފަރާތެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކި ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ޗެކުތަކާއި އެ ވިޔަފާރިތަކުގެ ފަރާތުން އެކަކު ހަވާލުވާކަން އެނގިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތެލުގެ ވިޔަފާރި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ނިސްބަތްވާ ތ. އަތޮޅުގެ އެކި ރަށްތަކުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކުގެ ބޭނުމަށް އެންމެ ކުންފުންޏަކުން އަގު ހޯދައިގެން ޑީސަލް ގަނެފައިވާ ކަމަށާއި އެ ކުންފުނިން އެކަނި ވެސް 26 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާއިރު އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެން، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑުކަން ވެސް ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޖީނުގެތަކަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދިނުމަށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެމަސައްކަތައް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ވުރެ 2.3 މިލިއަން ރުފިޔާ އަގުބޮޑުކޮށް ބިޑް ހުށަހެޅި އެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮޖެކްޓަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރުމުގައި އެންމެބޮޑު ކްރެޑިޓް ޕީރިއަޑެއް ދިނުމަށް ހުށަހަޅާ ފަރާތަކަށް އިސްކަން ދީގެން ބިޑް އިވެލުއޭޝަން ކުރިއަށް ގެންގޮސްގެން ކަމަށްވާއިރު، ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކުރުމަށް ފަހު އެލްސީ ހުޅުވަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ނިންމައި ކްރެޑިޓް ޕީރިއަޑެއް ނެތި ކޮންޓްރެކްޓަރއަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ޙަޤީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2014 އަދި 2015 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95.56 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކަމިޝަންގެ ގޮތުގައި 5.08 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރެވުމާއި އެމުއާމަލާތްތައް ގެންގޮސްފައި ވަނީ ހާމަކަންބޮޑު އުސޫލެއްގެ ދަށުން ނޫން ކަމާއި ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދާނެ އުސޫލެއް ތައްޔާރުކޮށް ޢަމަލުކުރަމުން ގޮސްފައި ނުވުމާއި އަދި ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައި ނުވާ ބައެއް ފަރާތްތަކުގެ އަތުން ޑޮލަރު ގަންނަމުން ވެސް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ބެލެވޭ ކިތައްމެ ކަމެއް އެއޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް