Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 05:19
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑާއެކު 10.7 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑާއެކު 10.7 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ނެދަލޭންޑްސް ސަރުކާރުން ދޭ 9 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 10.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހުމަދު މުނައްވަރުއެވެ. ނެދަލޭންޑްސްގެ ސަރުކާރުން ސޮއިކުރެއްވީ ، ސްރީލަންކާގައި ހުންނަ ނެދަލެންޑް ގެ މިޝަންގެ ޑެޕިއުޓީ ހެޑް، މިސް. އީވާ ވެން ވޯސެމްއެވެ.

Advertisement - newsAdvertisement

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުކެވެ.

މި މަޝްރޫޢު ހިންގުމަށް ކުވައިތު ފަންޑުން ދީފައިވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެކެވެ. ކުވެއިތު ފަންޑުން ދިން ލޯން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއަކީ ފުވައްމުލަކުގެ ތިމާވެއްޓަށާއި، އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަޝްރޫޢެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން، މި މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކުރެވި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހި ވެގެންދާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމާއެކު މުޅި މަޝްއޫރު 2014 ވަނަ އަހަރު ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ މިގޮތަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަށް ކަމަށްވެސް ތޯރިގް ވިދާޅުވިއެެވެ.

މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރާނެ އެވެ.

ކުވައިތު ފަންޑުން ދީފައިވާ 3.6 މިލިއަން ކުވައިތީ ދީނާރުގެ ލޯނަކީ 1.5 ޕަސެންޓްގެ އިންޓަރެސްޓްގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު