Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުކުޅަސް ޓެކް ފެއަރ

އުކުޅަސް ޓެކް ފެއަރ ފަށައިފި

26 އޯގަސްޓު 2019 | ހޯމަ 12:32

ޓެކް ފެއަރ ކުރިއަށް ގެންދާނީ އޮގަސްޓް 26 އިން 28 އަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އޯގަސްޓު 2019 | ހޯމަ 12:32
އުކުޅަސް ޓެކް ފެއަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުއްﷲ ޝާހިދު

އުކުޅަސް ޓެކް ފެއަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުއްﷲ ޝާހިދު

އއ. އުކުޅަސްގައި ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުކުޅަސް ޓެކް ފެއަރ 2019 ފަށައިފިއެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރުގައި މި ފެއަރ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުއްﷲ ޝާހިދު އެވެ. އެމަނިކުފާނު ވަނީ ތާރީހާ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ޓެކްނޮލޮޖީގެ ދައުރު ބޮޑުކަމަށް ފާހަގަ ކުރައްވާފައެވެ. އަދި އިލްމީ ބަހުސްތައް ކުރުމަށް ރާއްޖެއަށް އާ ދޮރެއް ހުޅުވިގެން ގޮސްފި ކަމަށާއި މީގެ ސަބަބުން އަތޮޅު ތަކަށާއި ރަށްތަކަށް އިގްތިސާދީ އަދި އިޖްތިމާއީ ފައިދާކުރާނެ ކަމުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހްމަދު މަހްލޫފްގެ އިތުރުން މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، މަލީޖް ޖަމާލް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތު ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުން، ފެއަރ އިންތިޒާމްކޮށް ކުރިއަށް ގެންދާ އުގެއިލް ފައުންޑޭޝަންގެ ފަރާތުން، ޕްރޮފެސަރ ހަސަން އުގައިލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު މަހާސިންތާއެއް ބޭއްވޭނީ ވަރަށް ހިކުމަތްތެރި ބަޔަކަށް ކަމަށާއި ބައިނަލް އަގްވާމީ މިފަދަ މަހާސިންތާއެއް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައިވެސް ބޭއްވޭނެކަން މި މަހާސިންތާއިން ހާމަވެގެން ދާ ކަމުގައެވެ. އަދި ފުއްނާބު އުސް ސައިންސްވެރިން އެއްތަނަކަށް އެއްކޮށް ބޮޑު މަހާސިންތާއެއް ބޭއްވުމަށް ބޭނުންވާނީ ކެރޭ ރައްޔިތުންނާ އެއްބާރުލުން ދޭނެ ސަރުކާރެއްކަމުގައި ޕްރޮފެސަރ އުގެއިލް ވިދާޅުވިއެވެ.

ޕްރޮފެސަރ އުގެއިލް އިތުރަށް ވިދާޅުވީ ގައުމެއްގެ ކުރިއެރުމަށް ދެ ކަމެއް ބޭނުންވާ ކަމަށާއި އެއީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި މާލީ ފުއްދުންތެރިކަން ކަމުގައެވެ. އަދި މި މަހާސިންތާގެ ސަބަބުން ތިން ދުވަހުގެ ތެރޭގައި އުކުޅަހަށް ތިން މިލިއަނެއްހާ ރުފިޔާ ލިބިގެން ދާނެ ކަމަށް ވެސް ޕްރޮފެސަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި އުކުޅަސް ވެގެން ދާނީ އީ ކައުންސިލް އަދި އީ ފާސް ބޭނުންކުރާ ރަށަކަށް ކަމުގައެވެ.

އިންސްޓްޓިއުޓް އޮފް އިލެކްޓްރިކް އެންޑް އިލެކްޓްރިކް އިންޖިނިއާސް އިން ބާއްވާ ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމެންޓް އެންޑް އެޕްލިކޭޝަން، ސްކީމާ ކޮންފަރެންސްގައި ބޭރުގެ ފުންނާބުއުސް 48 ސައިންސްވެރިން ބައިވެރިވެ ގިނަ އަދަދެއްގެ މައުޟޫތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިއަދު ފެށި އުކުޅަސް ޓެކް ފެއާރ ގައި އުރީދޫ، ދަމާސް، ވެމްކޯ، ފޮރ ލޫޕް ކޯޑިންގް އެކަޑަމީ، އޯޕަން ސޯރސް ސޮސައިޓީ، ލެޓްސް ގޯ މޯލްޑިވްސް، ސަމަރ އައިލެންޑް މޯލްޑިވްސްގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތައް ކަމަށް ވާ މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިނސް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހެލްތް އަދި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ޑިޕަރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ސްޕެއިންގެ ޔުނިވަރސިޓީ އޮފް ކަންޓަބްރިއާ އާއި ލިތުއޭނިއާގެ އިންޑެފޯރމް ލިމިޓެޑް އާއި އެމެރިކާގެ ކްލައުޑް ބެޑްސްގެ ސްޓޯލްތައް ފެއަރ އިން ފެނިގެންދާނެއެވެ.

އުކުޅަސް ޓެކް ފެއަރ 2019 އާއި ސްކީމާ ކޮންފަރެންސް އަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ޓެކް ފެއަރ އަދި ސައިންސްވެރިންގެ މަހާސިންތާއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް