Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

ް މާލެ އާއި ރަށްރަށުން ފްލެޓް ދޫކުރުމާއި ގުޅޭގޮތުން މަޖިލީހަށް ގަރާރެއް

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 25 އޯގަސްޓު 2019 | އާދީއްތަ 11:55
ހައުސިން ނީޑްސްއަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައި

ހައުސިން ނީޑްސްއަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައި

މާލެ އާއި ރަށްރަށުން ފްލެޓް ދޫކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން އާދީއްތަދުވަހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.

ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށްވީހިނދު، އަދި އެފަދައިން ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދްމަތްތަކާއި އިމްތިޔާޒްތައް ލިބިގެންވާ ކަމަށެެވެ. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމާއި، އެކަމާ ގުޅުން ހުރި އެކި އުދާސްތައް ގިނަވެ، އަތޮޅުތައް ތަރައްގީކުރުމުގައި ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅެފައިވާ އުސޫލްތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބިވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ އެކި ކަންކަމުގައި މާލެއަށް ހިޖްރަކޮށްފައިވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން މާލެ ތޮއްޖެހި، ގެދޮރުގެ ޖާގަ ދަތިވެ، ކުލި އިންތިހާއަށް ބޮޑުވެ، އާއިލާތައް ދިރިއުޅުމަށް އެކަށީގެންނުވާވަރުގެ ކުދިކުދި ޖާގަތަކުގައި މީހުން ދިރިއުޅުން އިތުރުވެފައިވާ ކަމަށާއި،ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެތައް ފަރާތްތަކަކަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. މިކަމަށް ވީހާވެސް އަވަސް މުއްދަތެއްގައި ހައްލު ހޯދައިދިނުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެ، އެކަމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

ހައުސިން ނީޑްސްއަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއުތައް އަވަސްކުރުން

ބިން ދަތިވެ، އަދި ބިން ހިއްކޭނެ ފަޅުވެސް ނެތް ރަށްރަށުގައި އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއި ގުޅުވާލައި، ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނޭ އުސޫލްތައް ކަނޑައެޅުން

ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނެ ވަރުގެ ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލްތައް ކަނޑައެޅުމަށާއި އަދި މާލެ އާއި ދިވެހިރާއްޖޭގެ އެހެންރަށްތަކާ ތަފާތެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކުގެ ދިގު މުއްދަތުން ދައްކާ ޚަލާސް ކުރާގޮތަށް ލުއި ލޯނު ލިބޭނެގޮތް ފަހިކޮށްދިނުން

ގަރާރުގައި ހިމެނޭ ކަންތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން މިކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ، މަޖިލީހުގެ ސަރުކާރުގެ މަސައްކަތުގެ ދާއިރާތަކުގެ ތެރެއިން މި ކަންކަމަށް ހައްލެއް ހޯދުމަށް މަޖިލީހުން ގޮވާލުމަށް ވަނީ ގަރާރުގައި ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު