Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމާބެހޭ ބިލް

މަސްވެރިކަމާބެހޭ އައު ބިލާއެކު ތަފްސީލީ ޤަވާއިދުތަކެއް ގެޒެޓުކުރެވޭނެ: މިނިސްޓްރީ

25 އޯގަސްޓު 2019 | އާދީއްތަ 10:07

ޤާނޫނަށް އަބަދު ބަދަލުތައް ގެނައުން ތަންފީޒްކުރުމަށް ފަސޭހައެއް ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2019 | އާދީއްތަ 10:07
މަސްވެރިއެއް މަސްވެރިކަމުގައި - އައު ބިލް ޤާނޫނަކަށްވާއިރު ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުން

މަސްވެރިއެއް މަސްވެރިކަމުގައި - އައު ބިލް ޤާނޫނަކަށްވާއިރު ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުން

މަސްވެރިކަމާބެހޭ ބިލަށް 32 އަހަރުވެފައިވާއިރު، އައު ބިލު ތަސްދީޤުވުމާއެކު އެކަމާ ގުޅޭ ތަފްސީލީ ޤަވާއިދުތައް ގެޒެޓުކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމާބެހޭ ޤާނޫނު ޒަމާނަށް ނުފެތޭކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާއިރު، އާދިއްތަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލައިންޓް ސެކްޝަންގެ ހެޑް އާދަމް ޒިޔާދު ވިދާޅުވީ، މަސްވެރިކަމާބެހޭ އައު ބިލުގައި ތަފްސީލީ މައުލޫމާތުތައް ހިމެނިފައިނުވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށާއި، ނަމަވެސް މިނިސްޓްރީގެ ވިސްނުމަކީ އެ ތަފްސީލުތައް ވަކި ޤަވާއިދުތަކެއްގައި ބަޔާންކުރުން ކަމަށެވެ. އެގޮތުން ޒިޔާދު ވިދާޅުވީ، މި ޤާނޫނަކީ މަސްވެރިކަމާގުޅޭ ނިޒާމު ބެލެހެއްޓުމުގެ އިންތިޒާމުތަކާއި، އިންތައް ކަނޑައަޅާ ޤާނޫނެއް ކަމަށާއި، މަސްވެރިކަމާގުޅޭ ޓެކްނިކަލް ތަފްސީލުތަކަކީ ޒަމާނާއެއްގޮތަށް ބަދަލުވާ ކަންކަމަށެވެ.

Advertisement - newsAdvertisement

އެ ތަފްސީލުތައް ސީދާ ޤާނޫނުގައި ހިމެނުމަކީ ޤާނޫނު އިސްލާހު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފޯމުތަކުގެ ތަފްސީލުތަކާއި، އަގު ކަނޑައެޅުން ފަދަ ކަންކަމަކީ ބަދަލުވެގެންދާ ކަންކަމަށްވާއިރު، ޤާނޫނަށް އަބަދު ބަދަލުތައް ގެނައުން އެއީ ފަސޭހަކަމެއް ނޫންކަމަށާއި، ނަމަވެސް ބިލް ތަސްދީޤުވުމާއެކު މި ތަފްސީލުތައް ހިމެނޭ ޤަވާއިދުތައް ގެޒެޓް ކުރެވިގެންދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުވެސް މި ބިލުގެ މަސައްކަތް ކުރެވުނު ކަމަށާއި، ނަމަވެސް އޭރުވެސް ބިލު ފޮނުވާލީ ސީދާ ޤާނޫނުގައި މިފަދަ ޓެކްނިކަލް ތަފްސީލުތައް ހިމަނާފައިވާތީ ކަމަށެވެ.

އޭގެއިތުރުން، މި ބިލުގައި ސަރުކާރުގެ ސިޔާސަތުތައް ހިމެނިފައި ނުވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާއިރު، އެކަމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، ޤާނޫނުގައި ވަކި ސިޔާސަތުތަކެއް ކަނޑައެޅުމަކީ މުސްތަޤުބަލުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި، ނަމަވެސް މި ބިލުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދޭ މާއްދާތަކެއް ހިމެނޭނެ ކަމަށެވެ. އެގޮތުން މަޖިލީހަށް މަސްވެރިކަމާގުޅޭ 4 ޤަރާރެއް ހުށައެޅިފައިވާއިރު، އެ ޤަރާރުތަަކަށް ބާރުދޭ މާއްދާތައް ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް އާދަމް ޒިޔާދު ވިދާޅުވިއެވެ.

މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހައްޤުތައް މި ޤާނޫނުގެ ދަށުން ކަށަވަރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާފައިވާ ބައެއް ކަންކަން މިނިސްޓްރީން ސާފުކޮށްދީފައިވާއިރު، ކޯޓު އަމުރެއް ނެތި މަސް ޕްރޮސެސް ކުރާ ތަންތަނަށް ވަދުމުގެ ހުއްދަ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބުމާގުޅޭގޮތުން މިނިސްޓްރީން ބުނީ، އެއީ ގިނަ ޤައުމުތަކުގައި އެކަން އޮންނަ ގޮތް ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މި ސިނާއަތު ހިންގުމަށް އެހީއަކަށްވެގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

1987 ގެ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުންދިޔަ މަސްވެރިކަމާބެހޭ ޤާނޫނަށް ޒަމާނާ އެއްގޮތް ގިނަ އިސްލާހުތަކެއް ގެނައިސް އައު ބިލު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އައު ބިލު ފަރުމާކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް މި ބިލުގެ މަސައްކަތްކޮށް އޭޖީގެ ލަފާއަކަށް ފޮނުވާފައިވާއިރު، ބިލްގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި ބަލަހައްޓައި، ތަރައްގީކުރުމުގެ މަސްއޫލިއްޔަތާއި ބާރުތައް ދޭގޮތަށް ވަނީ ހުށައަޅާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި
18 ޖުލައި 2017

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ ތަފްސީލީ ރިޕޯޓެއް އޭސީސީ އާއި ފުލުހަށް ހުށަހަޅައިފި

18 ޖުލައި 2017
ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ ތަފްސީލީ ރިޕޯޓެއް އޭސީސީ އާއި ފުލުހަށް ހުށަހަޅައިފި
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް