Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ނަފްސާނީ އަނިޔާ އަމާޒުވާ 10 މައްސަލައެއް އެޗްއާރްސީއެމްއިން ނުބަލަން ނިންމި

ޓޯޗަރ އަދި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއްވެސް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2019 | ބުދަ 14:01
ކުޑަ ކުދިންނަށް ނަފްސާނީ އަނިޔާ އަމާޒުވާ 10 މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ވަނީ އައިސްފައި

ކުޑަ ކުދިންނަށް ނަފްސާނީ އަނިޔާ އަމާޒުވާ 10 މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ވަނީ އައިސްފައި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އަނިޔާވެރިވުމުގެ 10 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނުބަލަން ނިންމި ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުނެފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ވަނީ ކޮމިޝަނުގެ އަހަރީ ރިޕޯރޓާއި، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން އަހަރަކު އެއް ފަހަރު މަޖިލީހާއި، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަންޖެހޭ އެންޓި ޓޯޗަރ ރިޕޯރޓާމެދު ކޮމިޓީއަށް ފާހަގަވި ބައެއް ކަންކަން ކޮމިޝަނާ ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މި ދެ ރިޕޯރޓް ދިރާސާ ކުރުމަށްފަހު އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުން ކޮމިޓީން ފާހަގަކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް ނަފްސާނީ އަނިޔާ އަމާޒުވާ 10 މައްސަލައެއް ކޮމިޝަނުން ނުބަލަން ނިންމި މައްސަލައެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ކޮމިޝަނުން ނުބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި އެންޓި ޓޯޗަރ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ޓޯޗަރގެ އަމަލެއް ކަަމަށް އަދި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ އަމަލެއް ހިންގުމުގެ މައްސަލައެއްވެސް ހިމެނޭ ކަމަށެވެ.

ކޮމިޓީން ފާހަގަކުރި 10 މައްސަލައިގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް މީހުން ކުރިމަތީގައި "ބަރަހަނާ"ވާ ގޮތަށް އަމަލު ހިންގި މައްސަލައެއްވެސް ހިމެނޭއިރު، އެ މައްސަލައިގައި 7 މުވައްޒަފަކާއި، ދާއިމީ 1 މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަމަށް ރިޕޯރޓުން ދައްކާތީ އެ މައްސަލަ ނުބަލަން ނިންމީ ކޮން ހަމައެއްގެ ދަށުންތޯ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން ޖީހާން ވިދާޅުވީ، އެ މައްސަލަތައް ނުބަލައި ދޫކޮށްލާފައިވަނީ އެކަށީގެންވާ ހެއްކާއި ޤަރީނާ ހޯދަން ދަތިވާތީ ކަމަށް ކޮމިޝަނުގެ ރިޕޯރޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކޮމިޝަނުގެ މެމްބަރު ނައިވީން އަބްދުﷲ ވިދާޅުވީ، އެ މައްސަލަ ކުޑަކުދިންގެ ހައްޤުތަކާބެހޭ ޤާނޫނުގެ ދަށުން ބަލަމުން ދަނިކޮށް އޭގައި އެންޓި ޓޯޗަރ ޤާނޫނުގެ އުންސުރުތަކެއް ހިމެނޭތީ އެ ޤާނޫނުގެ ދަށުން މައްސަލަ ބަލަމުން ގޮސްފައިވާނެ ކަމަށާއި، ހެކި ހޯދުން ފަދަ ކަންކަމުގައި ގޮންޖެހުންތަކެއް ހުރުމުން މައްސަލައިގެ ވަކި ހިސާބަކުން ފުލުހުންނާއެކު "ޖޮއިންޓް" ތަހުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި ލަފާފުޅެއްގެ މަތިން އެގޮތަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ވިދާޅުވީ، ކޮމިޝަނުން އެތައް ފަހަރަކު ސުވާލު ކުރުމުންވެސް އެކަން ދިމާވި ކުދިން "އަނގައިން ބުނެފައިނުވާ" ކަމަށެވެ. އަދި ހެކި ހޯދުމުގައި ދަތިތަކެއް ކުރިމަތި ވުމުގެ އިތުރުން، ފަހުން ފުލުހުން އެ މައްސަލަ ބަލައި ތަހުޤީޤުކޮށް، ޕީޖީއަށް ފޮނުވާފައިވާތީ އެ މައްސަލަ ނުބަލަން ކޮމިޝަނުން ނިންމީ ކަމަށެވެ.

އެ މައްސަލައިގެ ޓޯޗަރ ބައި ނުބަލަން ނިންމި ނަމަވެސް މައްސަލައާގުޅޭ "ސިސްޓެމެޓިކް" ބައި ބަލަމުންދާ ކަމަށްވެސް ކޮމިޝަނުގެ މެމްބަރުން ވިދާޅުވިއެވެ.

ހެކި ހޯދުމުގެ ދަތިތަކާ ގުޅިގެން މިފަދަ ބައެއް މައްސަލަތައް ނުބަލަން ނިންމާފައިވާއިރު، އެކަމާ ގުޅިގެން ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދުވަނީ މި 10 މައްސަލައަކީވެސް ކުޑަކުދިންތަކެއް ނަފްސާނީ އަނިޔާއަށް ހުށައެޅުމުގެ މައްސަލަތަކަކަށް ވެފައި، ނަފްސާނީ އަނިޔާގެ ހަނދާނާއި އަސަރު އެތައް ދުވަހަކަށް ދިގުދެމިގެންދާއިރު، އެ ކުދިންނާ އެސެސްމަންޓު ހަދައިގެން ހެކި ހޯދަން އުނދަގޫ ވެގެން ނުވާނެކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ކޮމިޝަނުން ބަލަމުން ދިޔަ 6 މައްސަލައެއް ތަހުޤީޤުގެ މެދުތެރެއިން ހުއްޓާލާފައިވާއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގެ ޖިނާއީ ތަހުޤީޤެއް ފެށުމަށްފަހު، ތަހުޤީޤު ހުއްޓުވޭނެ ޤާނޫނީ ހަމައެއް އޮތްތޯ މެމްބަރު ޖީހާން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ކޮމިޝަނުން އެ ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެގޮތުން މެމްބަރުން ވަނީ ތަހުޤީޤު ހުއްޓާލީ ވަކި ހަމަތަކަށް ބިނާކޮށް ކަމަށް ވިދާޅުވެ، ތަހުޤީޤު ހުއްޓާލި ސަބަބުތައް ދިފާއުކުރައްވާފައެވެ.

ފާއިތުވި ސަރުކާރުގައި ހިނގާފައިވާ މިފަދަ ގިނަ ކަންކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ކޮމިޓީގެ މެމްބަރުން ވަނީ ފާއިތުވި ސަރުކާރުގައި އިންސާނީ ހައްޤުތަކަށް އެތައް ގޮތަކުން އަރައިގަނެފައިވާއިރުވެސް ކޮމިޝަނުން އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު