ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފި
20 އޯގަސްޓު 2019 | އަންގާރަ 19:2829 އޯގަސްޓްގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭ


ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީގައި ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު ބެލުމަށް އެމީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާ (ހށ) ގައި ބިދޭސީން ދަފްތަރެއް ލިޔެ ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއްގައި ކަމަށް ބަޔާންކޮށްފައިތީ އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ފުވައްމުލައް ސިޓީގައި މިހާރު މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތު، ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި ހަދާފައިވާ ހަރަހެރި ޕޯޓަލްގައި ހިމެނުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ 29 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިދޭސީންނާއި ހަވާލުވެފައިވާ ފަރާތްތަކުން އެއިދާރާއަށް ވަޑައިގެން، އެފަރާތްތަކުގެ ހަވާލުގައި ފުވައްމުލަކުގައި މަސައްކަތް ކުރާ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
ކައުންސިލުން ބުނީ ފުވައްމުލަކުގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތުގައި ފުވައްމުލަކުގެ އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.






