Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާރުކޭޓު

މަރާމާތަށް މާރުކޭޓު ބަންދުކުރަނީ ގިނަވެގެން އެއްމަސް ދުވަހަށް

ކުރިއަށްވުރެ ގޮޅިތައް ބޮޑުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2019 | އަންގާރަ 07:15
ދަތުރުވެރިންގެ މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށް ބަންދުކުރަން ނިންމާފައިވަނީ ގިނަވެގެން އެއްމަސް ދުވަހަށް ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލްގެ މަރުކޭޓު ކޮމެޓީގެ މުޤައްރިރު މުހައްމަދު ފަޒީން ރާއްޖެއެމްވީއަށް ވިދާޅުވީ މި މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އަލުން މާރުކޭޓު ހުޅުވާއިރު ހުންނާނެ ގޮތުގެ ކުރެހުން ފާސްކޮށްފައިވާ ކަމަށާއި މާރުކޭޓު މަރާމާތު ކުރުމުގެ މަސައްކަތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

މަރާމާތަށް ފަހު މާރުކޭޓު ހުޅުވާއިރު 160 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މާރުކޭޓު ހާއްސަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަންކަން ފާހަގަކޮށް ފަޒީން ވިދާޅުވީ މާރުކޭޓުގައި ގިނައިން ތަކެތި ވިއްކަނީ އިމްޕޯޓްކޮށްގެން ކަމަށެވެ. އެކަމުގެ ސަބަބުން މާރުކޭޓުގެ އަސްލު ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް ތަކެތި ވިއްކަން ބޭނުންވާނަމަ އެތަކެތި ވިއްކޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ މާރުކޭޓު ގޮޅިތަކުގައި ތަކެތި ވިއްކުމަށް ހަރަކާތްތެރިވަނީ ޤަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށެވެ. އެހެންނަމަވެސް ދެން އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްރީވެފައިވާނަމަ އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2018

ވިކްޓޯރިއާސް ސީކްރެޓްގެ 20 ފިހާރަ މި އަހަރު ބަންދުކުރަނީ!

24 އޯގަސްޓު 2018
ވިކްޓޯރިއާސް ސީކްރެޓްގެ 20 ފިހާރަ މި އަހަރު ބަންދުކުރަނީ!
14 ޖޫން 2018

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

14 ޖޫން 2018
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް
13 ޖޫން 2018

މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ

13 ޖޫން 2018
މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ
07 ޖޫން 2018

ލޯކަލް މާރުކޭޓުގައި ތޮރާ ލިބުން ދަތިވެއްޖެ

07 ޖޫން 2018
ލޯކަލް މާރުކޭޓުގައި ތޮރާ ލިބުން ދަތިވެއްޖެ
22 މެއި 2018

މުޅި މާރުކޭޓު ކަރާއިން ފުރިފައި!

22 މެއި 2018
މުޅި މާރުކޭޓު ކަރާއިން ފުރިފައި!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު