Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރު

ސޫދާންގެ އުމަރު އަލް ބަޝީރަށް ސައުދީން 90 މިލިއަން ޑޮލަރު ލިބިފައިވޭ

ސައުދީން ދެއްވީ ދައުލަތުގެ ބަޖެޓުން ބޭނުން ކުރަން ހަދިޔާއެއް ކަމަށް ތަހުގީގުގައި އުމަރު އަލް-ބަޝީރު

އަމަން ހަލީމް
އަމަން ހަލީމް | 19 އޯގަސްޓު 2019 | ހޯމަ 17:44
އުމަރު އަލް-ބަޝީރު، ހޯމަ ދުވަހު ބޭއްވި ކޯޓު އަޑުއެހުމުގައި

އުމަރު އަލް-ބަޝީރު، ހޯމަ ދުވަހު ބޭއްވި ކޯޓު އަޑުއެހުމުގައި

މަގާމުން ދުރުކުރެވިފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރަށް ސައުދީ އަރަބިއާއިން 90 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އަލް-ބަޝީރުގެ ހިޔާނާތުގެ މައްސަލަ ބަލާ ފުލުހުންގެ އިންވެސްޓިގޭޓަރު ކޯޓުގައި ބުނެފިއެވެ.

ދުވަސްތަކެއް ވަންދެން ދިގު ދެމިގެން ދިޔަ މުޒާހަރާތަކަށް ފަހު އަސްކަރިއްޔާއިން މެދުވެރިވެގެން މަގާމުން ދުރުކުރި އަލް-ބަޝީރު، ސައުދީން ދިން ފައިސާގައި ހިފިކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް އެ މައްސަލަ ބެލުމުގައި އިސްކޮށް ހުންނަވާ ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އަލީ ވަނީ ކޯޓުގައި ހެކިބަސް ދެއްވާފައެވެ.

ބަޝީރު ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ ގެކޮޅު ބަލާ ފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން، ހަތް މިލިއަން ޔޫރޯ ފެނިފައިވާ ކަމަށާއި، އަދި ޑޮލަރާއި ސޫދާނީސް ޕައުންޑް ވެސް ފެނިފައިވާ ކަމަށް އަހްމަދު އަލީ ވިދާޅުވިއެވެ. އެ ފައިސާ އަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި 25 މިލިއަން ޑޮލަރުގެ "ހަދިޔާ" އެއް ކަމަށާއި، އެއީ ދައުލަތުގެ ބަޖެޓުން ބޭރުން ބޭނުން ކުރަން ވަލީއަހުދު ދެއްވި ފައިސާ ކަމަށް އަލް-ބަޝީރު ވިދާޅުވި ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އޭގެ އިތުރުން، އަވަހާރަވެފައިވާ ސައުދީގެ ކުރީގެ ރަސްގެފާނު އަބްދުﷲ ގެ އަތުން ދެ ފަހަރެއްގެ މަތިން 30 މިލިއަން ޑޮލަރާއި 35 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އަލް-ބަޝީރު ވިދާޅުވި ކަމަށް ވެސް އަލީ ހެކިބަސް ދެއްވިއެވެ. ރަސްގެފާނު އަބްދުﷲ އަވަހާރަވީ 2015 ވަނަ އަހަރުގައެވެ. ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ ފައިސާއަށް ވުމުން އެފައިސާ ހަރަދުކުރާނެ ކަންކަން ނިންމެވީ އަމިއްލަފުޅަށް ކަމަށް އަލް-ބަޝީރު ވިދާޅުވި ކަމަށް ކޯޓުގައި ހެކިބަސް ދެމުން އަލީ ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ އަޑުއެހުން ފެށުމުގެ ގޮތުން ނަމާއި އުމުރު ވިދާޅުވުން ފިޔަވައި އިތުރަށް ހަމައެކަނި ޖަވާބުދެއްވީ ދިރިއުޅުއްވާ ގެ އެއްސެވުމުންނެވެ. އެ ސުވާލުގެ ޖަވާބުގައި އުމަރު އަލް-ބަޝީރު ހިނިފުޅުވަޑައިގެން ވިދާޅުވީ ކުރިން ދިރިއުޅުއްވީ އަސްކަރިއްޔާގެ ހެޑްކުއާޓަރު ހުންނަ އެއަރޕޯޓު ޑިސްޓްރިކްޓުގައި ކަމުގައި ނަމަވެސް، މިހާރު ދިރިއުޅުއްވަަނީ ކޯބަރ ޖަލުގައި ކަމަށެވެ. ހެކިބަސް ދެއްވި ފުލުހުންގެ އިންސްޕެކްޓަރުގެ ވާހަކައަކަށް އަލް-ބަޝީރު އެއްވެސް ރައްދެއް ނުދެއްވައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ

17 ޖޫން 2017
ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
05 ޖޫން 2017

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު