Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ޗެމްޕިއަން ބާސާ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

17 އޯގަސްޓު 2019 | ހޮނިހިރު 03:57

ބާސާ ބަލިވީ އެތުލެޓިކް ކްލަބްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 17 އޯގަސްޓު 2019 | ހޮނިހިރު 03:57
ބާސާ އަދި އެޓްލެޓިކްއާ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އަދި އެޓްލެޓިކްއާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ ބަލިވީ އެތުލެޓިކް ކްލަބްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ނުލައި، އެޓީމު އެތުލެޓިކް ދަނޑުގައި ކުޅުނު މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ބާސާއެވެ. އެގޮތުން އެޓީމުން ވަނީ އެތުލެޓިކްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާވެސް އުފައްދާފައެވެ.

މި ހާފްގައި ލަނޑު ޖެހުމަށް ބާސެލޯނާގެ ލުއިސް ސުއަރޭޒް އަދި އެންޓޯނިއޯ ގްރިޒްމަންއަށް ހުސް ގިނަ ފުރުސަތުތައް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން މާ އެދެވޭ ގޮތެއްގައި ދެ ކުޅުންތެރިންނަށްވެސް ނުހިފެއެވެ.

ފުރަތަމަ ހާފްގައި އެތުލެޓިކްގެ ފަރާތުން މާގިނަ ހަމަލާތައް ނުފެނުނު ނަމަވެސް، އެޓީމަށް ލިބުނު މަދު ފުރުސަތުތަކުން ނުރައްކާތެރި ހަމަލާތައް ވަނީ އުފައްދާފައެވެ.

ދެވަނަ ހާފް ފެށިގެން އެތުލެޓިކްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ފުލުފުލުގައި ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި އެތުލެޓިކްއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަޕާގެ އެހީތެރިކަމާއެކު އަޑުރީޒްއެވެ.

ލީގުގައި އަމިއްލަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ބާސާ ނިކުންނައިރު، ހޯމަ ދުވަހު އެތުލެޓިކް ނިކުންނާނީ ރަށުން ބޭރުގައި ގެޓާފޭއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް