Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލައިފި

ކުރެހުން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 23 އޯގަސްޓް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2019 | ހޯމަ 12:27
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް، ނައިބު ރައީސް، އަދި ކޮންގްރެސް ޑިރެކްޓަރ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް، ނައިބު ރައީސް، އަދި ކޮންގްރެސް ޑިރެކްޓަރ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ލޯގޯ ޑިޒައިންކޮށް ކުރެހުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ކޮންގްރެސގައި ޒުވާނުންގެ ހިތްވަރުގެ އައު ލޯގޯ ފާސްކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށާއި އެހެންކަމުން ލޯގޯ ޑިޒައިންކޮށް ކުރެހުމަށް އާންމުކޮށް ހުޅުވާލާކަމަށެވެ.

Advertisement - newsAdvertisement

ލޯގޯ ޑިޒައިން ކުރާއިރު ބޭނުންކުރަން ޖެހޭ މައިގަނޑު ކުލަ އަކީ ރަން ރީނދޫ ކުލަ ކަމަށާއި ތީމް އިން ޒުވާނުން، ލީޑަރުން ފެންނަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން އިތުރަށް ބުނީ ލޯގޯ ޑިޒައިންކޮށް ކުރެހުން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 23 އޯގަސްޓް ކަމަށާއި އެންމެ ރަނގަޅު ލޯގޯ ޑިޒައިން ކުރާ ފަރާތަކަށް އިނާމެއްގެ ގޮތުން ތިން ހާސް ރުފިޔާ ލިބިގެންދާނެ ކަމަށެވެ.

ހުށަހެޅުންތަކުގެ ތެރެއިން ހޮވާލެވޭ ލޯގޯ އަކީ މުސްތަޤްބަލުގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުން ރަސްމީކޮށް ދެން ބޭނުންކުރާނެ ލޯގޯކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ފުރަތަމަ ޔޫތު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހު 31 ވަނަ ދުވަހުއެވެ. ކޮންގްރެސް ޑިރެކްޓަރ އައިކް އަހުމަދު އީސާ ވިދާޅުވީ، ޔޫތް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ، ހުރަވީ ސްކޫލްގައި ކަމަށެވެ. އެގޮތުން ކޮންގްރެސްގައި ބައިވެރިވެލައްވާ ކޮންގްރެސްމަނުން އެއްތަނަކަށް ޖަމާވެ، އަސާސީ ގަވާއިދު ތައްޔާރުކޮށް އެކުލަވާލުމާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ޕްލޭނެއް އެކުލަވާލުމުގެ އިތުރުން ކޮންގްރެސް ކުރިއަށް ގެންދިއުމުގެ ޕްލޭނެއް އެކުލަވާލުމަށް ޕްރީ ކޮންގްރެސް ވޯކްޝޮޕެއް، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބޭއްވާނެކަމަށް އައިކް ވިދާޅުވިއެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި އަސާސީ ގަވައިދު އެކުލަވާލާ ފާސްކުރުމުގެ އިތުރުން އާ ލޯގޯއެއް ފާސް ކުރެވިގެންދާނެއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތިން އަހަރުގެ ތަސައްވުރެއް އެކުލަވާލުމާއި، ނިމިގެން ދިޔަ އަހަރުތަކުގެ ރިޕޯޓު އިއްވުންވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

އެމްޑީޕީގެ ޔޫތް ކޮންގްރެސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް ސިޔާސީ ހަރަކާތްތައް އިންތިޒާމް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި އެކިއެކި ދާއިރާތަކުން، އެކިއެކި ފިކުރުތަކުގެ ޒުވާނުންގެ ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު