Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޟްހާ އީދު

އީދާ ދިމާކޮށް މާލެސިޓީގައި ކުލަގަދަ ހަރަކާތްތަކެއް

ރަސްފަންނުގައި ހަވީރު 16:00ން 18:00 އަށް ހާއްސަ ހަރަކާތެއް ކުރިއަށްދާނެ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ, ރާއްޖެ އެމްވީ | 10 އޯގަސްޓު 2019 | ހޮނިހިރު 12:05
މާފަންނުގައި އީދު ދުވަހު ބޭއްވި ޘަގާފީ އީދު ކުޅިވަރުގެ ތެރެއިން

މާފަންނުގައި އީދު ދުވަހު ބޭއްވި ޘަގާފީ އީދު ކުޅިވަރުގެ ތެރެއިން

މިއަހަރު މާލެ ސިޓީގެ ހުރިހާ އަވަށެއްގައިވެސް ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ ގޮތުން، އެހެން އަހަރުތަކާއި ހިލާފަށް މާލޭގައި އީދާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް މިއަހަރު ގިނަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު މައުލޫމާތު ދީފައިވެއެވެ.

Advertisement - newsAdvertisement

މާލެ

މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ސްޑޭޓިއަމް ސަރަހައްދުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި އީދާއި ގުޅިގެން ބައެއް ހަރަކާތްތައް ރޭވިފައިވާއިރު، ރަސްފަންނު ސަރަހައްދުގައި ހަވީރު 16:00ން 18:00 އަށް ހާއްސަ ހަރަކާތެއް ކުރިއަށްދާނެއެވެ. ލިބާސް މޫވްމެންޓްގެ ފަރާތުން ބާއްވާ މި ހަރަކާތުގައި ލިބާސް ލައިގެން ފޮޓޯ ނެގުމާއި ދިވެހި ލިބާސް ޕްރޮމޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމު ކޮށްގެން އީދު ތެރޭގައި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި އީދު ފެއްޓުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުން ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށާއި، އެ ހަރަކާތް ނިންމާނީ ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ކަމަށެވެ. އަދި އެއަށްފަހު ހުޅުމާލެ ބީޗުގައި އީދު ހުޅުޖެހުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ.

އީދު ދުވަހު ހެނދުނަށް ހުޅުމާލޭގައި ރާވާފައިވާ ހަަރަކާތްތަކަށް ބަލާއިރު، އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކު އޮންނަ ދަނޑުގައި އީދު ނަމާދުކުރުން އަދި އީދު ސައި އޮންނާނެއެވެ. އީދު ސަޔަށް ބޭނުންވާ ކާބޯތަކެތި އެ ސަރަހައްދަށް ގެނައުމަށް ހެނދުނު 9:00 ޖަހަންދެން އާންމުންނަށް އެ ސަރަހައްދު ހުޅުވާލެވިފައި އޮންނާނެއެވެ.

ބޮޑު އީދަށް ހާއްސަކޮށް އަތޮޅުތެރޭގައި ތައްޔާރުކުރާ "ކޯޑި" ތައްޔާރުކުރާނެ ގޮތް ބެލުމާއި ދަސްކުރަން ބޭނުންވާނަމަ ދަސްކުރުމުގެ ފުރުސަތުވެސް ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުން ހެނދުނު 10:00 ން 12:00 އަށް ލިބިގެންދާނެއެވެ.

ހަވީރުގެ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ ހަރަކާތަކީ "މާލި ޕެރޭޑް" އެވެ. މާލި، ބޮޑުމަސް، ކޯޑި އަދި ފްލޯޓުތަކާއެކު ސަގާފީ ނެށުމާއި ބޮޑުބެރުގެ ހަރަކާތްތައް ހަވީރު 16:00 ން އިރުއޮއްސި 18:00 އަކަށް ރެހެންދި ސްކޫލުން ފެށިގެން ސެންޓްރަލް ޕާކާއި ހިސާބަށް ކުރިއަށް ދާނެއެވެ. އެއަށްފަހު ބޮޑު މަސް ބޭނުމުގެ ހަރަކާތެއް ގާޒީ ސްކޫލު ކުރިމަތީގައި ރޭގަނޑު 20:30 އިން 22:30 އަށް ކުރިއަށް ދާނެއެވެ.

އަލް ހިޖްރާ އައިނީ އީދު ސްމައިލްސްގެ ނަމުގައި އާދިއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހަށް ހަރަކާތެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ސެންޓްރަލް މޯލްގައި، ހޯމަ ދުވަހުގެ ރޭ 20:30 ން 23:30 އަށް މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ އިންތިޒާމު ކޮށްފައެވެ.

ވިލިމާލެ

"ވިލި އީދު އުފާ"ގެ ނަމުގައި އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ވިލިމާލޭގައިވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އިވެންޓް ކޯޑިނޭޓަރ ނާޝިޔާ މުހައްމަދު ސަލީމް ބުނީ އީދުގެ ފުރަތަމަ ދުވަހު އީދު ނަމާދަށް ފަހު އީދު ސަލާމް ކުރުން އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު ރަށުގެ ބޮޑު މަގުގައި "އީދު ބޮޑު ސައި"ގެ ނަމުގައި ރައްޔިތުން ތައްޔާރުކުރާ ބޮޑު ސައެއް އޮންނާނެ ކަމަށެވެ.

ވިލިމާލޭގައި އީދު ސަލާމް އަދި އީދު ސައި ކުރިޔަށް ގެންދަނީ ވިލިމާލޭ ރައްޔިތުންނާއި، ޕީސް ފައުންޑޭޝަނާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެންނެވެ.

މީގެ އިތުރުން ވޯޓަރ ސްޕޯޓްސް ބީޗު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ހެނދުނު 10:00 ން ހަވީރު 15:00 އަށް ފެންކުޅި ކުޅުމާއި، ބީޗް ކުޅިވަރުގެ ހަރަކާތްތަކެއްވެސް ވިލިމާލޭގައި ރޭވިފައިވެއެވެ. އަދި ބަނދަރު ސަރަހައްދުގައި 16:30 ން 17:30 އަށް މެޖިކްޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގައި އީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ. ޝޯ ބެއްވުމަށް ހަމަޖެހިފައިވަނީ ވެސް ބަނދަރު ސަރަހައްދުގައެވެ.

ހޯމަ ދުވަހު 16:00 ން 18:00 އަށް މާލި ޕެރޭޑެއް ބާއްވާނެއެވެ. އަދި 21:00 ން 22:30 އަށް ވިލިމާލެ ބޯޅަ ދަނޑުގައި، ބޮޑުމަސް ނެރުމުގެ ހަރަކާތެއް އޮންނާނެއެވެ. އަދި އަންގާރަ ދުވަހު 16:00 ގައި ވެސް ބޮޑުމަސް ނެރުމުގެ ކުޅިވަރު ކުރިއަށްދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ

ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ

27 އެޕްރީލު 2017
އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

20 އެޕްރީލު 2017
އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

10 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު