Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއޯ

އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

ހަނޑޫ ހަކުރުން 15 ޕަސެންޓް ވަނީ ހެޔޮކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 15:18
ބަޔަކު ކާޑު ބަސްތާތަކެއް ދޯންޏަކަށް ބަރުކުރަނީ

ބަޔަކު ކާޑު ބަސްތާތަކެއް ދޯންޏަކަށް ބަރުކުރަނީ

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކާޑާއި ތެލުގެ ބާވަތްތަކުން އަގު ހެޔޮކުރަން ނިންމައިފި ކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ.

އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަނޑޫ ހަކުރުން 15 ޕަސެންޓް އަދި ފުށުން 12 ޕަސަންޓް ވަނީ އަގުހެޔޮ ހެކޮށްފައެވެ.

Advertisement - newsAdvertisement

ކާޑުގެ ބާވްތަކުގެ އަގު އުފުލިގެން ދިޔައީ އެތައް ޒަމާނެއް ވަންދެން ސަބްސިޑީ ދީގެން ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައި އޮތް އޮތުން ބަދަލުކޮށް ސަބްސިޑީގެ އުސޫލަށް ބަދަލު ގެނައުމުންނެވެ. އެ ގޮތުން ކުރިން އެންމެންނަށް ލިބުނު ސްބަސިޑީ މިހާރު ލިބެމުން އަންނަނީ އެންސްޕާ އަށް ހުށަހަޅައިގެން ވަކި ޝަރުތުތަކެއް ހަމަވާ ނަމައެވެ.

މީގެ އިތުރުން ތެލުގެ އަގު ހެޔޮ ކުރަންވަނީ ނިންމާފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރަން ވަނި ނިންމާފައެވެ. އެސްޓީއޯ އިން އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. ތެލުގެ އަގު ހެޔޮކުރަން އެސްޓީއޯ އިން ނިންމި އިރު މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކާޑުގެ ބާވަތުގެ ގޮތުގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ތެލުގެ ބައެއް ބާވަތްތަކުން އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

ކާޑުން ސަބްސިޑީން ބައެއް ކަނޑާލުމާއި ގުޅިގެން މީގެ ކުރިން 3.98 ރުފިޔާއަށް ވިއްކަމުން އައި ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކަމުން އައި ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ވިއްކަމުން އައި ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.

އަލަށް ގެނައި ބަދަލާއެކު ހަނޑުލާއި ހަކުރު ބަސްތާއަކުން 60 ރުފިޔާ އަގުހެޔޮ ވެގެންދާނެއެވެ. އަދި ފުށް ބަސްތާއެއްގެ އަގު 30 ރުފިޔާ ހެޔޮ ވެގެންދާނެ އެވެ.

ކާޑުގެ ބާވަތުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު އެ ބާވަތްތަކުން ޑިސްކައުންޓް ލިބޭނީ ހަމައެކަނި ދިވެހީންނަކަށް ނޫނެވެ. ދިވެހީންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް ދިވެހީންނެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބިގެން ދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް

މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް

19 މާރިޗު 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު