Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީގެ ޚިދުމަތް

ކަނޑައަޅާފައިވާ އަގަށްވުރެ ގިނައިން ފައިސާ ނަގައިގެން 6 ޓެކްސީ ޑްރައިވަރުން ޖޫރިމަނާކޮށްފި

10 އޯގަސްޓު 2019 | ހޮނިހިރު 06:43

އޯގަސްޓް 7 ވީ ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ފެށި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޯގަސްޓު 2019 | ހޮނިހިރު 06:43
ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ

ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުއަގުގައި ޓެކްސީއަށް ފައިސާ ނަގައިގެން 6 ޓެކްސީ ޑްރައިވަރަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށް އޯގަސްޓް 7 ވީ ބުދަ ދުވަހު ފުލުހުން ފެށި ޚާއްސަ އޮޕަރޭޝަންގައި ހުކުރު ދުވަހުގެ ނިޔަލަށް 6 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން 6 ޓެކްސީ ޑްރައިވަރެއް ޖޫރިމަނާކޮށްފައިވާއިރު، ބުދަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެކްސީ ކުރާ ފަރާތްތަކުން ބޮޑު އަގު ނަގާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި، އޭގެ އިތުރުން ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކުން އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރަކަށް 25 ރުފިޔާ ކަނޑައަޅާފައިވާއިރު، މާލެއާއި ހުޅުމާލެއިން ހުޅުލެއަށް ކަނޑައަޅާފައިވަނީ ދަތުރެއް 60 ރުފިޔާއަށެވެ. އަދި މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ.

އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ކަނޑައަޅާފައިވާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ ކަމަށް ބުނެ، ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީ ހިދުމަތް ނުދޭނެ ކަމަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޑްރައިވަރުންގެ ފަރާތުން ހުށައަޅާފައިވާ އަގުތަކުގައި ވަނީ ހުޅުލެއަށް ދަތުރުކުރާ އަގުތައް ފިޔަވައި މާލޭ ސަރަހައްދުގައި ކުރާ ހުރިހާ ދަތުރެއްގެ އަގުތައް ބޮޑުކުރާށެވެ. އަދި ހަމަ ކުރިން ނެގި އުސޫލުގެ ތެރެއިން ދާގީނާއަކަށް ފަސް ރުފިޔާ އަދި ވެއިޓިން ޗާޖަށް ކޮންމެ ފަސް މިނެޓަކަށް ހަތަރު ރުފިޔާގެ ރޭޓުން ނެގުމަށް ވެސް ހުށައަޅާފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގެ އަގުތައް ކަނޑައެޅި އިއުލާނުގައި ޓެކްސީގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އެޕްލިކޭޝަން ބޭނުންކުރަން މަޖުބޫރުކޮށްފައި އޮތް އޮތުން ބާތިލް ކޮށްފައެވެ. އެންމެ ފަހުން ކުރި އިއުލާނުގައިވާ ގޮތުން ނަމަ މިހާރު ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރު ކޮށްފައިވަނީ 1 އޮގަސްޓުގެ ފަހުން ރަޖިސްޓްރީކުރާ ޓެކްސީތައް އެކަންޏެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިތުރު އިއުލާނެއްގައި ވަނީ ޓެކްސީ ކުރާ ފަރާތްތަކުން، ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާއި ދެމެދު ކުރާ ދަތުރުތަކުން، ދަތުރަކަށް 5 ރުފިޔާ ނެގިދާނެ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް