Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާއުފާ އީދު

ބޮޑު އީދަށް ހޯރަފުށި އޮތީ ބޮޑުތަނުން ތައްޔާރަށް

9 އޯގަސްޓު 2019 | ހުކުރު 14:44

ހޯރަފުއްޓަށް ގިނަ އަދަަދެއްގެ ބަޔަކު ދަނީ ޖަމާ ވަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 9 އޯގަސްޓު 2019 | ހުކުރު 14:44
އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އާންމުންތަކެއް ހޯރަފުށްޓައް އައިސް ބަނދަރުމަތީގައި

އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އާންމުންތަކެއް ހޯރަފުށްޓައް އައިސް ބަނދަރުމަތީގައި

ހޯރަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޔޫތް ޑިވޮލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) އާއި އެރަށު ކައުންސިލް ގުޅިގެން މިއަހަރުގެ އަލްހާ އީދު ފާހަގަކުރުމަށް ފުރިހަމައަށް ތައްޔާރުވެއްޖެ އެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ރަށުގެ ކައުންސިލާއި ހައިޑްސް އާއި ރަށުގެ ހުރިހާ މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދިޔަ މަސައްކަތްތަށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެއިތުރުން އޭނާ ވިދާޅުވީ ހައިޑްސް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި ކައުންސިލްގެ ރައީސް ވިދާޅުވީ ރަށަށް އަންނަ މެހެމާނުންގެ ޝަރަފުގައި ވަރަށް ހާއްސަ ކެއުމެއް އީދު ދުވަހު އޮންނާނެކަމަށެވެ.

މީގެ ކުރީގައި މިފަދަ ކުލަގަދަ އީދެއް ފާހަގަކޮށްފައި ނުވާކަމަށް ވިދާޅުވެ، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ އީދު ފާހަގަ ކުރުމަށް ހައިޑްސް ޖަމިއްޔާއިން ނެގި އިސްނެގުމަށް އެ ޖަމިއްޔާއަށް ސުކުރުއަދާ ކުރައްވާފައެވެ. އޭގެއިތުރުން އޭނާ ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އަށް ސުކުރުއަދާކުރައްވާފައެވެ.

ހައިޑްސް ޖަމިއްޔާގެ ވައިސް ޗެއާޕާސަން ހުސެއިން ނާޝިޒް ބުނީ ތާވަލާ އެއްގޮތަށް ކުރަން ހުރި ކަންކަން ނިންމައިލެވޭނެ ކަމުގެ ޔަގީންކަށް އޮތްކަމަށެވެ. އެގޮތުން އޭނާ ބުނީ ޝޯ އޮންނަ ސްޓޭޖާއި ރަށުތެރެ ޒީނަތްތެރި ކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ކަންތައްތައް ކައުންސިލުން ވަރަށް ފުރިހަމަކޮށް ކުރިޔަށް ގެންދާކަމަށެވެ.

އީދުގެ ހަރަކާތްތައް ފުރިހަމަ ކަމާއިއެކު ގެނެސްދިނުމުގެގޮތުން ކައުންސިލުގެ އިތުރުން ރަށުގެ ޒުވާނުންގެ ބުރަ މަސައްކަތް ހިމެނޭއެވެ. ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އެ ރަށަށް އައުމަށް ހައިޑްސް އިން ވަނީ ދައުވަތު ދީފައިއެވެ.

ހޯރަފުށީގައި ފާހަގަކުރާ އީދުގެ ބްރޮޑްކާސްޓިންގ ޕާޓްނަރަކީ ރާއްޖެޓީވީ އެވެ. އެހެންކަމުން އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ މަންޒަރުތައް ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް