Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޒްރޭލް ޕާސްޕޯޓް މަނާ ކުރުން

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުން އޮތް ހިސާބެއް ހޯމް މިނިސްޓަރަށް އެނގި ވަޑައެއް ނުގަތް

މިނިސްޓަރ ވިދާޅުވީ އެޓާރނީ ޖެނެރަލް ކުރެން އެއްސެވުމަށްފަހު ޖަވާބު ދެއްވާނެ ކަމަށް

ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 12:16
ހޯމް މިނިސްޓަރ އަލީ އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް ގޮސްފައި މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި އެކަން ކުރުމަށް ބަދަލު ގެންނަނީ ކޮން ގާނޫނަކަށްތޯ ހޯމް މިނިސްޓަރ އަލީ އިހްސާނަށް ނޫސްވެރިއަކު ސުވާލު ކުރުމުން އިސްލާހް ގެންނަނީ ކޮން ގާނޫނަކަށް ކަމެއް މިނިސްޓަރަށް އެނގިވަޑައެއް ނުގަތެވެ.

އާދިއްތަ ދުވަހު ހޯމް މިނިސްޓްރީން އިންތިޒާމް ކުރި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާ ބެހޭ ގޮތުން މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބެއްގައިތޯ ދެންނެވުމުން އެކަމާ އެއްވެސް އެއްޗެއްވެސް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިސްލާހް ގެންނަނީ ކޮން ގާނޫނަކަށްތޯ ދެންނެވި ސުވާލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ، އިސްލާހް ގެންނަނީ ކޮން ގާނޫނަކަށް ކަން އެޓަރނީ ޖެނެރަލް އާ މަޝްވަރާ ކުރެއްވުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށެވެ.

މިނިސްޓަރ އިހްސާން މި މޭރުމުން ޖަވާބު ދެއްވި އިރު އިހްސާން އަކީ ޖޫން މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން އެ ދުވަހު ނިންމި ކަން އިއުލާން ކުރެއްވި ވަޒީރެވެ.

އެދުވަހުގެ ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޑރ. މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެކުލަވާލި މިނިސްޓަރުންގެ ކޮމިޓީގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ގެ ހައިސިއްތުން އިހުސާން ހިމެނިވަޑައިގަންނަވައެވެ.

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ އިމިގްރޭޝަން އާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ބިލުގެ މަސައްކަތް ކޮމިޓީން އަދި ފަށާފައި ނުވާ ކަމަށް މަޖިލީހުގެ ރެކޯޑްތަކުން ހާމަވެއެވެ. ކޮމިޓީގައި ބިލުގެ މަސައްކަތް ތާށިވެފައި އޮތް އިރު އޭގެ ފަހުން މަޖިލީހަށް ހުށަހެޅުނު ސަމޯއާ އެގްރީމެންޓްގެ މައްސަލަ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު