Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕަށް ހަމަލާ ދިނުން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާ ދީފި

އެމެރިކާގެ ސިޔާސީ ލީޑަރުން މިހަމަލާ ވަނީ ކުށްވެރިކޮށްފައެވެ.

ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 00:46
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދިން ވަގުތުން ސަލާމަތީ ޚިދުމަތްތަކުން އޭނާ ސްޓޭޖުން ބާލަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދިން ވަގުތުން ސަލާމަތީ ޚިދުމަތްތަކުން އޭނާ ސްޓޭޖުން ބާލަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.

ބަޑީގެ ހަމަލާ ދިނީ ޕެންސިލްވޭނިއާގެ ބަޓްލަރ ގައި އެތައްހާސް ސަޕޯޓަރުން ޖަމާވެފައިވާ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ހޮނިހިރު ދުވަހު ހަވީރު އެމެރިކާ ގަޑިން 6:15 ގައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވާހަކަފުޅުގެ މެދުތެރެއިން ބަޑީގެ އަޑު އިވި، ދެން ފެނުނީ އޭނާ ސްޓޭޖް މައްޗަށް ތިރިވި މަންޒަރެވެ. އެއާއެކު ސެކިއުރިޓީ ސާރވިސްގެ އޮފިޝަލުން ވަނީ ޓްރަމްޕް ވަށާލާ އެތަނުން ދުރަށް ގެންގޮސްފައެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ ވަގުތުން ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވިފައި ކަމަށާއި، އޭނާ "ރަނގަޅު" ކަމަށް ޓްރަމްޕް ގެ ކެމްޕެއިން އިން ބުނެއެވެ.

ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ ރިޗަރޑް ގޯލްޑިންގަރ އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވަނީ ބަޑި ޖެހި މީހާ މަރުވެފައިވާ ކަމަށެވެ.

އެމެރިކާގެ ސިޔާސީ ލީޑަރުން މިހަމަލާ ވަނީ ކުށްވެރިކޮށްފައެވެ.

ހަމާލާގެ ފަހުން ޓްރަމްޕް ޓްރުތް ސޯޝަލް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒަން ދިޔައީ އޭނާގެ ކަންފަތުގެ މަތީ ކައިރު ފޫ އަޅުވާލާފައި ކަމަށާއި، އެ ވަގުތުން ކަމެއް ގޯސްވެއްޖެ ކަމާއި ވަމުންދާ ގޮތް އެނގިވަޑައިގެންނެވި ކަމަށެވެ.

ވަޒަން ކަންފަތް ފޫއަޅުވާލާފައި ދިއުމުގެ ސަބަބުން ވަރަށް ގިނަ ލެއި އައި ކަމަށްވެސް ޓްރަމްޕްގެ ޕޯސްޓުގައި ވެއެވެ.

ޓްރަމްޕްގެ ހަށިކޮޅަށް ބަޑިޖެހި މީހާގެ ގަޔަށް ބަޑި ޖަހާ މަރާލީ ސީކްރެޓް ސާވިސްގެ އޮފިސަރެއް ކަމަށް ސީކްރެޓް ސާވިސް އިން ބުނެފައިވެއެވެ.

ބަޑި ޖެހި މީހާ ހުރީ ރެލީގެ ސަރަހައްދުން ބޭރުގައި ހުރި އިމާރާތެއްގެ މަތީގައި ކަމަށާއި، ޓްރަމްޕަށް އަމާޒުކޮށް އެތައް ވަޒަނެއް ފޮނުވާލި ކަމަށްވެސް ސީކްރެޓް ސާވިސް އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު