Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީކައިލް ނަސީމް

ބިޝާމް ޕީޖީގެ މަގާމުން ވަކި ކުރަންޖެހޭ، މަޤާމަށް ކުފޫހަމައެއް ނުވޭ: މީކައިލް

ވަކި ގޮތަކަށް ކަންތައް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2019 | ހުކުރު 12:51
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމްއަކީ ޕީޖީގެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އޭނާ އެ މަގާމުން ވަކިކުރައްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކައިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބިޝާމް މަގާމުން ވަކިކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، ބުދަ ދުވަހު މީކައިލް ވަނީ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީ އަށް މިކާއިލް ވިދާޅުވީ، އޭނާގެ އެ ހިޔާލަކީ އަމިއްލަ ހައިސިއްޔަތަކުން ފާޅުކުރެއްވި ހިޔާލެއް ކަމަށެވެ. އެކަމާއި ބެހޭ ގޮތުން އެމްޑީޕީ ޕާލިމެންްޓަރީ ގްރޫޕުން އެއްޗެއް އަދި ނުބެނެ އެވެ.

ބިޝާމް އަކީ އިތުބާރު ގެއްލިފައި ހުރި ބޭފުޅެއްކަން ފާހަގަކުރައްވަމުން މީކައިލް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކަށް ރައީސް އޮފީހުން އެންގި ގޮތަކަށް އޭނާ ދައުވާތައް އުުފުލި ކަމަށެވެ.

ބިޝާމް އަކީ މަގާމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް މީކައިލް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކުރި ކުރުމުގައި ކުރީ ސަރުކާރުން ނޫފުޒަކުން އެއްވެސް ކަމެއް ނިންމާފައިވާނެތޯ މެެމްބަރުން ސުވާލު ކުރެއްވި އވެެ. ރައީސް އޮފީހުގެ ތެރެއިން ނުފޫޒު ފޯރުވައިގެން ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ވަކި ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށް އެ ކޮމިޓީގައި އޭނާ ވިދާޅުވި އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރަން ޖެހޭ ކަމަށް އާއްމުންގެ ބައެއް ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަޤާމާއި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމު އަދާކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު