Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޔާދަކުރަނިވި ހަކަތަ

އިޔާދަކުރަނިވި ހަކަތަ އުފައްދަން އީޔޫ މެދުވެރިވެގެން 779 މިލިއަން ރުފިޔާގެ ލޯނެއް

8 އޯގަސްޓު 2019 | ބުރާސްފަތި 17:57

މި ލޯނު ފޯރުކޮށްދީފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން

އަމަން ހަލީމް
އަމަން ހަލީމް | 8 އޯގަސްޓު 2019 | ބުރާސްފަތި 17:57
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރީކާ މޮގެރީނީ

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރީކާ މޮގެރީނީ

ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން އެހީތެރިވުމުގެ ގޮތުން ޔޫރަޕުގެ އިއްތިހާދު (އީޔޫ) މެދުވެރިވެގެން 45 މިލިއަން ޔޫރޯ (779 މިލިއަން ރުފިޔާ) ގެ ލޯނެއް ފޯރުކޮށްދީފިއެވެ.

ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީ ވިދާޅުވީ މި ލޯނަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން އެހީތެރިވެދިނުމުގެ ގޮތުން ފޯރުކޮށްދިން ލޯނެއް ކަމަށެވެ. ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް ދިން ލޯނުގެ މަގުސަދަކީ ދެމެހެއްޓެނިވި އިޔާދަކުރެނިވި ހަކަތައިގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ބާރުއެޅުން ކަމަށް ވެސް މޮގެރީނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބާރު ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ދުނިޔޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކުޑަވެސް ދުލެއް ދީފިނަމަ އެކަމުގެ ހިތަ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަމަށް ވެސް މޮގެރީނީ ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅިގެން ދިވެހިރާއްޖެ ފަދައިން ޔޫރަޕުގެ ބައެއް ސަރަހައްދުތައް ނެތިދިއުމުގެ ބިރު އެބައޮތްކަމަށް މޮގެރީނީ ވިދާޅުވިއެވެ.

ޔޫރަޕުގެ ގައުމުތަކުން ވަނީ 2030 ވަނަ އަހަރުގެ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ 40 އިންސައްތަ ކަނޑާލުމަށް އަޒުމް ކަނޑައަޅާފައެވެ. އެގޮތުން މިހާރު ޔޫރަޕުގެ ގައުމުތަކުންވެސް ވަނީ އެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ އިގްތިސާދުތަކުން ހަކަތަ ބޭނުންކުރާގޮތް ބަދަލުކޮށް ޖައްވަށް ބޭރުކުރާ ގެނދަބުޅި (ކާބަން އެމިޝަން) މަދުކުރަމުން އަންނަކަމަށް މޮގެރީނީ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއާއި އެކު މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަކީ ޔޫރަޕާއި އޭޝިއާ ގުޅުވާލުމުގެ މަސައްކަތުގެ މުގުލުގައިވާކަން ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަމާޒަށް ވާސިލްވުމަށް ދަތުރުފަތުރުގެ ނިޒާމްތައް ގުޅުވާލުމާއި ހަކަތައިގެ ވިއުގަތައް ގާއިމްކުރުމާއި ޑިޖިޓަލް ވިއުގަތައް ގާއިމްކުރުމުގެ އިތުރުން ދެ ބައްރުގެ މީހުން ގުޅިގެން ކުރެވޭ މަސައްކަތްތައް ވެސް ހިމެނޭކަމަށް ވެސް މޮގެރީނީ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އެކު މިހާރު ފަށާފައިވާ މަސައްކަތުގައި، ރާއްޖެއާ ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވެލައްވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން އެ އިއްތިހާދާއި ދިވެހިރާއްޖެއާ އޮތް ދޭދޭ ގުޅުން ބަދަހިކުރަން ބޭނުންވަނީ ދެފަރާތް ގުޅިގެން ހިންގާ މަޝްރޫއުތަކުގައި ތިމާވެއްޓާއި އިޖްތިމާއީ ކަންކަމަށާއި މާލީ ގޮތުން ދެކޮޅު ޖެހޭ މިންވަރަށް ބަލާފައިކަމަށް މޮގެރީނީ ވިދާޅުވިއެވެ. ޔޫރަޕު ވެސް ކުރިއަރައިގެން ގޮސްފައިވަނީ މިއުސޫލަތަކުގެ މައްޗަށް ބިނާވެގެން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރަސްލްސްއަށް ކުރެއްވި ޒިޔާރަތުގައި ޔޫރަޕުގެ އިއްތިހާދުން ވަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި އެހީތެރިވެދިނުމުގެ ގޮތުން 5 މިލިއަން ޔޫރޯ (86.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ރާއްޖެއަށް ދީފައެވެ. މިއާއި އެކު އެ އިއްތިހާދުން ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އުފެއްދުމަށް ދީފައިވާ ޖުމްލަ އެހީގެ އަދަދު އުޅެނީ 865 މިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 މެއި 2017

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

12 މެއި 2017
އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
08 މެއި 2017

ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!

08 މެއި 2017
ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
08 އެޕްރީލު 2017

އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި

08 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި ބިރުދެއްކުން ހުއްޓާލުމަށް އީޔޫއިން ގޮވާލައިފި
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް