Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ފަރާތްތައް ޔޫރަޕްގައި

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

އީޔޫ އިން ރާއްޖޭގެ މަޝްރަހުގައި ހިނގާ ކަންކަން ވަރަށް ގާތުން ބައްލަވާނެކަމުގެ ޔަޤީންކަންދެއްވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 މެއި 2017 | ހުކުރު 12:47
އީޔޫގެ މެމްބަރުންނާއި ބައްދަލުކުރި ވަފުދު

އީޔޫގެ މެމްބަރުންނާއި ބައްދަލުކުރި ވަފުދު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ޔޫރަޕްގެ އިއްތިހާދުގެ މެމްބަރުންނާއި ބައްދަލުކޮށް، ރާއްޖެގެ މަޝްރަހާ ގުޅެގޮތުންހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކުރުމަށް ޔޫރަޕަށް ކުރަމުންގެންދާ ދަތުރުގައި އިސްކޮށް ހުންނެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އެވެ.

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ޝަހިދު ވިދާޅުވީ، އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވަނީ ސިޔާސީ މަސްރަހުގައި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި އިދިކޮޅު ފަރާތްތަކަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގުޅޭގޮތުން ކަމަށެވެ. އަދި ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އީޔޫގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި އީޔޫ އިން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން އަދިވެސް އިޖާބަނުދޭތީ އެކަމުގެ މައުލޫމާތު މެމްބަރުންނާ ހިއްސާ ކުރެއްވިކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އީޔޫ އިން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ޤަރާރެއް ފާސްކޮށް ސިޔާސީ ގޮތުން ރާއްޖެ އަށް ހަމަޖެހުން ގެނައުމަށް މަޝްވަރާ ކުރުމަށާއި އިދިކޮޅު ލީޑަރުން ދޫކޮށްލުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ޖާގަ ދިނުމަށް ގޮވާލައިފަ އެވެ. އަދި މީޑިއާތަކަށް މިނިވަންކަން ދިނުމަށްވެސް މި ޤަރާރުގައި ބުނެފައިވެއެވެ. ނަމަވެސް މިއަދު މިހުރިހާ ކަމެއް ރާއްޖޭގައި އޮތީ އެތައް ގުނައެއް ފަހަތައް ޖެހިފައި ކަމަށާއި އަދި ވަކިން ހާއްސަކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދު މަރާލި މައްސަލަގައިވެސް މިނިވން ތަހްޤީޤެއް ހިންގުމަށް ޔާމިންގެ އާއިލާއާއި އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވަނިކޮށް އެކަމަށްވެސް ސަރުކާރުން އިޖާބަ ނުދޭ ކަން އިޔޫގެ މެމްބަރުންނަށް މައުލޫމާތު ހިއްސާކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޔޫއިން މި ކަންކަން ވަރަށް ކައިރިން ބައްލަވާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށާއި މިމަސައްކަތުގެ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޝާހިދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމާއި ޖުމްހޫރީ ޕާޓީން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދާއި ރައީސް މައުމޫން ފެކްޝަންގެ ޕީޕީއެމްގެ ނައިބް ރައީސް އައިމިނަތު ނާދިރާ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

14 މާރިޗު 2017
އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު