Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ ޝަރީއަތް

ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!

ޕީޕީއެމްގެ މެނިފެސްޓޯއާއި ސިޔާސީ ފަރާތްތަކެއްގެ ވާހަކަތައް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 18:10
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އިން ދިފާއުވުމަށް މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ބޭނުންކުރި މެނިފެސްޓޯއާއި ބައެއް ސިޔާސީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެއް ހުށަހަޅައިފި އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި އޮތީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ގާސިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަޖަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ.

Advertisement - newsAdvertisement

ގާސިމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅީ ކުރީ އަޑުއެހުމުގައި ހުށަހެޅީ ވީޑިއޯގެ އެނެލެސިސް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރު ކުރި ފުލުސް މީހާ އެވެ. ދިފާއުގައި ގާސިމްގެ ފަރާތުން ހުށަހެޅީ، އެމެރިކާގެ ގާނޫނެކެވެ. އެ ގާނޫނު ހުށަހެޅި ބޭނުމެއް ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތަކަށް ތާއީދު ހޯދުމާއި ލޮބީކުރުމަކީ ހުއްދަކަމެއްކަން ސާބިތުކުރުމަށް ކަމަށެވެ. އިތުރަށް ގާސިމް ފަރާތުން ހުށަހަޅާފައިވަނީ އިންތިޚާބުތަކާ ގުޅިގެން އެކިއެކި ސިޔާސީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެވެ. ދެން ހުށަހެޅީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ބޭނުންކޮށްފައިވާ މެނިފެސްޓޯގެ ކޮޕީއަކާއި މަޖިލިސް ރައީސްގެ ވޯޓާ ދިމާކޮށް ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑީއޯ އެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ ވެސް ވަނީ ހުށަހަޅާފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާސިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭ މެންބަރުންނަށް ހަމައެކަނި ދާއިރާގެ ޓިކެޓް ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ ނޫން ކަމަށާއި، ޓިކެޓްގެ އިތުރުން ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ބެލެވިދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ރިޝްވަތު ހުށަހަޅަން ޖެހެނީ ކޮންމެހެން ތިމާއަށް ވުރެ ދަށް ފަންތީގެ ބަޔަކަށް ނޫން ކަމަށާއި، ތިމާއާއި އެއް ފަންވަރެއްގެ މަގާމުތަކުގައި ތިބި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށެވެ. އަދި އިޚްތިޔާރީ ބާރެއްގެ ގޮތުގައި ވޯޓް ލުން އޮންނައިރު، ވަކި ގޮތަކަށް ވޯޓް ލުމަށް ގާސިމް ހުށަހެޅުއްވިކަން އެ ވާހަކައިން ދޭހަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ ނިޔަތް ސާބިތުވާނީ ދައްކާ ވާހަކައިގެ އިބާރާތް ހުންނަ ރާގަކުން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ ގާސިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާސިމް ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން ނޫން ކަމަށާއި، ޚިޔާލާއި ވާހަކަ ދެއްކުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ހިފުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަދާކުރުމުގައި ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އެހީތެރިވެ ދިނުމަކީ ދީން ވެސް ބާރުއަޅާ ކަމެއްކަން ފާހަގަކުރައްވާ، އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވަނީ ކޮން ގާނޫނެއްގައިތޯ ސުވާލު ކުރައްވާފަ އެވެ. ގާސިމްއަށް ދައުވާ ކޮށްފައިވަނީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ނޫރުއްސަލާމް ވިދާޅުވީ ވާހަކައެއް ދެއްކޭނީ ޚިޔާލަށް ގެނެސްގެން ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރޭނެ ކަމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޚިޔާލުފާޅުކުރުން ކުށަކަށްވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓް ތަކަށް ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަން ފާހަގަކުރައްވާ އޭނާ ވަނީ މަޖިލީހުގައި ނަގާ ވޯޓަކަށް ތާއީދު ހޯދުން ކުށަކަށް ވަނީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ. އަލްއަޒްހަރު ޔުނިވާސިޓީގެ ޕްރޮފެސަރެއް ލިޔުއްވާފައިވާ ފޮތަކާ ހަވާލާދީ ނޫރުއްސަލާމް ވިދާޅުވީ ރިޝްވަތު ދެންޏާ ދޭނެ ކަމަށާއި ދޭން އުޅުމަކީ ކުށެއް ކަމުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެކަމުގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ރޯދަ މަހު ރޯދައަށް ހުންނަ މީހަކު ރޯދަ ދޫކޮށްލާނެ ކަމަށް ބުނެ ރޯދަ ދޫކޮށްލަން އުޅުން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިނުވާ ކަމަށާއި އެކަން ކުށަކަށް ވަނީ ރޯދަ ދޫކޮށްލުމުން ކަމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ހިސާން ހުސެއިން ދައުލަތުގެ މުވައްޒަފަކަށް ހުށަހެޅި މަންފާއަކީ ކޮބާ ކަމާއި ހުށަހެޅި ގޮތް ދައުލަތަށް ބަޔާން ކޮށްދެވިފައިނުވާ ކަމަށެވެ. ހިސާން ވިދާޅުވީ ހުށަހެޅި ހުށަހެޅުން ރިޝްވަތަށް ވީގޮތެއް ބުނެ ނުދެވޭ ކަމަށާއި އެކަންތައްތައް ބުނެ ނުދީ ދައުލަތުން ރިޝްވަތު ހުށަހެޅި ކަމަށް ދައުވާކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

ޝަރީއަތް ބައްލަވާ ފަނޑިޔާރުންގެ ބެންވުން ވަނީ ގާސިމްގެ ވަކީލުން ފާހަގަކުރެއްވި ނުކުތާތަކަށް ޖަވާބުދާރީވުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދެއްވައި އަޑުއެހުން ނިންމަވާ ލައްވަވާފަ އެވެ. ނަމަވެސް، ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު