Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ސްޓިކާ ޖަހަނީ އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކް ކުރާތީ: ނަހުލާ

ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2019 | ބުދަ 06:05
ފުލުހުން ސައިކަލް ތަކެއް ސްޓިކާ ޖަހަނީ

ފުލުހުން ސައިކަލް ތަކެއް ސްޓިކާ ޖަހަނީ

އެއްގަމު އުޅަނދު ތަކުގައި ސްޓިކާ ޖަހަނީ އާއްމުންނަށް އުނދަގޫވާ ގޮޮތަށް ޕާކް ކުރަތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ސައިކަލްގައި ސްޓިކާ ޖަހާ މައްސަލާގައި ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

Advertisement - newsAdvertisement

މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، ރައްޔިތުންގެ އާދަކާދަ ހުންނަ ގޮތުން ކޮންމެ މީހަކުވެސް އެމީހަކު ދާ ތަނެއްގެ ކުރިމަތީގައި ޕާކް ނުކުރެވޭނަމަ ޕާކިން ޒޯނަކަށް ބެލުމެއް ނެތި ޕާކް ކުރަމުންދާ ކަމަށެވެ.

އޭގެ ސަބަބުން އެކަމުގެ އުނދަގޫ ހުރިހާ ރައްޔިތުންނަށް ފޯރާ ކަމަށާއި، އާއްމުންގެ މަސްލަހަތާ ގުޅޭ ގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނުލާ ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުފެންނާތީ ފުލުހުންް ސްޓިކާ ޖަހަމުންދަނީ ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަމުން ދާތީ ކަމަށް ވިދާޅުވި އެވެ.

ސްޓިކާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވެން ހުރި ކަންތައްތައް ބަލައި ދިރާސާ ކުރަމުންދާކަން ނަހުލާ ފާހަގަކުރެއްވި އެވެ. ޕާކް ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް މި ސަރުކާރުން ބުނެފައިވާއިރު، އެގޮތަށް އަމަލު ނުކުރާތީ ކަމަށް ބުނެ އާއްމުންގެ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ފުލުހުން ވަނީ 1350 އުޅަނދެއްގައި ސްޓިކާ ޖަހާފަ އެވެ. އެއްގަމު އުޅަނދުގައި ފުލުހުން ސްޓިކާ ޖަހައިގެން ބައި މިލިއަނެއްހާ ރުފިޔާ މިދިޔަ މެއި މަހުގެ ތެރޭގައި އެކަނި ވެސް ހޯދަފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު