Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

މެސީގެ އަމާޒު އަނެއްކާ ވެސް ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް

6 އޯގަސްޓު 2019 | އަންގާރަ 13:46

މިދިޔަ ސީޒަނުގައި ހޯދި ނަތީޖާއާއެކު މެސީއަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ލީވާން އަލީ
ލީވާން އަލީ | 6 އޯގަސްޓު 2019 | އަންގާރަ 13:46
ލިއޮނެލް މެސީ

ލިއޮނެލް މެސީ

އަންނަ ސީޒަނުގައި ވެސް އަމާޒަކީ ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މިދިޔަ ސީޒަން ހުޅުވުމުގެ ގޮތުން ބާސާއިން ބޮކަ ޖޫނިއަރސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މެސީ ވަނީ ޗެމްޕިއަންސް ލީގު އެޓީމަށް ހޯދައިދޭނެ ކަމަށް ވައުދުވެފައެވެ. އެހެން ނަމަވެސް އެވައުދު ފުއްދިފައިނުވާއިރު މިކަމާ ގުޅިގެން މެސީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި 3-0 އިން ލިވަޕޫލް އަތުން މޮޅުވި ނަމަވެެސް ދެވަނަ ލެގުގައި 4-0 އިން ބަލިވެ ލަދުވެތި ގޮތަކަށް ބާސާ މުބާރާތުން ކެޓިއެވެ. ހަމައެެހެންމެ ކޮޕާ ޑެލްރޭގެ ފައިނަލުން ވެސް އެޓީމު ބަލިވީއެވެ. ބާސާއަށް މިދިޔަ ސީޒަނުގައި ކާމިޔާބު ކުރެވުނީ ހަމައެކަނި ސްޕެނިޝް ލަލީގާ ކަމަށްވާއިރު މިއީ އެޓީމަށް ފަހުގެ ތާރީހެއްގައި އެންމެ ގިނަ ފާޑުކިޔުން އަމާޒުވި އެއް ސީޒަންއެވެ.

އެހެން ނަމަވެސް މިސީޒަން ހުޅުވުމަށް ކުޅުނު މެޗުގައި މެސީ ވަނީ އަނެއްކާ ވެސް ސަޕޯޓަރުންނަށް ވައުދުތަކެއްވެ އައު އުއްމީދުތަކެއް ގެނެސްދީފައެވެ.

ގާތްގަނޑަކަށް ދަނޑަށް ހާޒިރުވެތިބި ލައްކައެއްހާ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން މެސީ ބުނީ މިދިޔަ ސީޒަނުގައި ކަންކަން ވެގެންދިޔަ ގޮތުން އެެއްޗެއް ބުނަން ވަރަށް އުނދަގޫވާ ކަމަށެވެ. އުމުރުން 32 އަހަރުގެ ކެޕްޓަން ބުނީ މިދިޔަ ސީޒަނުގައި ބުނެވުނު އެއްވެސް އެއްޗަކާއި ގުޅިގެން ދެރަނުވާ ކަމަށާއި އެކަމާ މެދު ފަރުވާލެއް ވެސް ނެތް ކަމަށެވެ. އަނެއްކާ ވެސް މި ސީޒަނުގައި ހުރިހާ މުބާރާތެއް ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށާއި މި ސީޒަނާއި ކުރިމަތިލަނީ އަނެއްކާ ވެސް އައު ކާމިޔާބުތަކެއް ހޯދަން ކަމަށް މެސީ ބުނެފައިވެއެވެ.

ސްޕެއިންގެ ފުޓްބޯޅަ ބާސާއިން މިދިޔަ ދިހަ ސީޒަނުގައި ޑޮމިނޭޓްކޮށްފައިވީ ނަމަވެސް ޔޫރަޕުގައި އެޓީމަށް މާ ބޮޑު ކާމިޔާބެއް ލިބިފައިނުވުމާއެކު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. 2015 ވަނަ އަހަރުގެ ފަހުން ބާސާއަށް ޗެމްޕިއަންސް ލީގެއް ލިބިފައިނުވާއިރު އޭގެ ފަހުން ރެއާލް މެޑްރިޑްއިން ވަނީ ޖެހިޖެހިގެން ތިން ތަށި ކާމިޔާބުކޮށްފައެވެ. ބެލެވޭ ގޮތުގައި މިސީޒަނުގައި ވެސް ބާސާއިން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާނީ ޗެމްޕިއަންސް ލީގެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް