Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން މިހާރުން މިހާރަށް އަދީބު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް

އަދީބާއި އެކު ވެފައިވާ އެއްބަސް ވުމުގައި މާބިންހުރާ މައްސަލައެއް ނުހިމެނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2019 | އަންގާރަ 07:32
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޚިޔާނާތުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ޝަރީއަތުގައި އޭނާ ވަގުތުން ވަގުތަށް ބަންދުކުރުމަށް ދައުލަތުން އެކޯޓުގައި އެދެފިއެވެ.

ދައުލަތުން އަދީބު ބަންދު ކުރުމަށް އެދުނު އިރު ހޯމަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ވަނީ 15 ދުވަސް ޖަހާފައެވެ.

Advertisement - newsAdvertisement

މިމައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި އޭރު ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ. އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ތަހުގީގު ކުރުމަކާ ނުލައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބުނެ އެމައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ.

އެމައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާއި އޭނާ ބަންދުކުރުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް އޭރު އަދީބު ހުންނެވީ އެހެން ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ކޮށްފައިވަނީ ހަމައެކަނި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ. ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަންނަވާފައެވެ.

އިންޑިއާއަށް ވަޑައިގެންނެވުމުން ފުލުހުން ވަނީ އަދީބު ހިފަހައްޓައިގެން ރާއްޖެ ގެނެސްފައެވެ. އަދީބު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިއްލެވި މައްސަލާގައެވެ.

އަންގާރަ ދުވަހު ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގައި ދައުލަތުން އަދީބު ހައްޔަރު ކުރުމުގެ އަމުރަކަށް އެދެމުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރާއި ޚިލާފުވެގެން އަމުރެއް ނެރެދެވޭނީ ސުޕްރީމް ކޯޓުން ކަމަށް ދައުލަތުން ފެންނާތީ މިހާރުން މިހާރަށް އޭނާ ބަންދު ކުރުމުގެ އަމުރަކަށް އެދޭކަމަށެވެ. އަދި ޕާސްޕޯޓް ހިފެއްހެއްޓުމަށް ކޯޓުން ނެރެދިން އެ އަމުރަކީ މާބިން ހުރާ މައްސަލައިގެ ތެރެއިން ނެރެފައިވާ ހުކުމަކާއި ގުޅިގެން އެއަމުރާއި ޚިލާފު ވެފައިވާތީ ކަމަށް ބުނެފައި ވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ވަގުތީ ދެ އަމުރެއް ނެރުމަށް މީގެ ކުރިން އެދިފައިވާކަމަށާއި އޭރު ސުޕްރީމް ކޯޓުން ނެރެފައިވަނީ އޭގެ ތެރެއިން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުކަމަށެވެ. ކުރިން ދައުލަތުން އެދިފައިވާ ގޮތަށް ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދޭކަމަށް ޝަރީއަތުގައި ވަނީ އެދިފައެވެ.

އަދި 15 ދުވަހުގެ ބަންދެއްގައި އަދީބު ހުންނެވި ނަމަވެސް އެކަމަކީ ކްރިމިނަލް ކޯޓަށް ބަދަލު ކުރެވޭނެ އަމުރެއް ކަމަށްވާތީ މިހާރުން މިހާރަށް އަދީބު ބަންދު ކުރުމަށް އަމުރު ނެރެދިނުމަށްވަނީ އެދިފައެވެ.

ދައުލަތުން އެހެން ބުނުމުން އުއްތަމަ ފަނޑިޔާރު ވަނީ އަދީބު މިހާރު ވެސް ހުންނެވީ 15 ދުވަހުގެ ބަންދެއްގައި ކަަމަށާއި އަލުން ބަންދުކުރުމަށް ދައުލަތުން އެދެނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ކްރިމިނަލް ކޯޓުން އަދީބު ބަންދުގެ މުއްދަތު ޖެހީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފިލި މައްސަލައެއްގައި ނޫންކަމަށާއި އެކޯޓުން އަދީބު ބަންދަށް ޖެހީ އެހެން މައްސަލައެއްގައި ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ވިދާޅެއް ނުވެއެވެ. އަދީބަށް ދައުލަތުން ކުރަނީ ޚިޔާނާތްތެރިވި ކަމުގެ ދައުވާ ނޫންކަމަށާއި އޭނާގެ މައްޗަށް ކުރަނީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން އަދީބު ވިދާޅުވީ ކްރިމިނަލް ކޯޓުން ހޯމަ ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ވެސް އެއް ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެއީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފިލާފައިވާތީކަމަށް ބުނެ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވަނީ ދައުލަތުން ކުރި އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްޓަކާ ވަކީލަކު ކަނޑައެޅުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ޝަރީއަތުގައި އެދިލައްވާފައެވެ. އަދި ޝަރީއަތުން ވަނީ އެ ފުރުސަތު އޭނާއަށް ދީފައެވެ.

އަދީބު ވިދާޅުވީ ހައިކޯޓުން ބާތިލްކުރި އޭނާ ޚިޔާނާތުގައި ބައިވެރިކަމުގެ އަމުރަކީ އެންމެ ރަށެއްގެ މައްސަލައެއް ނޫންކަމަށާއި އޭނާ ދަނީ އެކަމާއި ގުޅިގެން ތަހުގީގުތަކަށް އެއްބާރުލުން ދެއްވަމުން ކަމަށެވެ. ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތަކުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންގެ އިދާރާއަށް ދަނީ އެއްބާރުލުން ދެއްވަމުން ކަމަށެވެ.ނަމަވެސް ފުރާނައަށް ނުރައްކާވާތީ ބޭރުގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރެއްވީ ފިއްލަވަން ޖެހުނީ އެކި ފަރާތްތަކުގެ ބިރު ދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ފިއްލެވީ އޭނާ އެކަނި ނޫންކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ދަނީ ފައިސާ ދައުރުވި ގޮތާއި ލިބުނު ފައިސާއާއި ބެހޭ މައުލޫމާތު ދެއްވަމުން ކަމަށާއި އެކަންތައްތައް އޭނާ ގެންގުޅުއްވި ފޯނު މެދުވެރި ކޮށްގެންނާއި އެކި ގޮތްގޮތުން ތަހުގީގު އިދާރާތަކުން ތަހުގީގު ކުރަމުން ދާއިރު އޭނާ އެއްބާރުލުން ދެއްވަމުން ދާކަމަށް ވިދާޅުވިއެވެ.

އަދީބު އެހެން ވިދާޅުވުމާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ އަދީބާއި އެކު ވެފައިވާ އެއްބަސް ވުމުގައި މާބިންހުރާ މައްސަލައެއް ނުހިމެނޭ ކަމަށެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ދައުލަތުން އެދޭކަމަށް ބުނެފައި ވެއެވެ. އަދި އެއީ އަދީބު ޝަރީއަތަށް ހާޒިރު ނުވެ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝަރީޢަތަށް އަދީބު ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ. އަދީބު ވަނީ ބަންދުގެ އަމުރާއި ގުޅޭގޮތުން ވަކީލަކު އައްޔަން ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިލައްވާފައެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވަނީ އެކަމަށް އިއުތިރާޒުކޮށް މިހާރުން މިހާރަށް އަމުރު ނެރެދިނުމަށް އެދިފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރުންގެ މަޖިލީހުގައި ބަންދު އަމުރާމެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ކަނޑައަޅުއްވާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު