ރީކޯގެ ދަރިކަނބަލުންނަށް ޔޫއޭއީ އެމްބަސީން ވަޒީފާއެއް
5 އޯގަސްޓު 2019 | ހޯމަ 08:16މަގާމަށް އައްޔަން ކޮށްފައިވަނީ ދާދި ފަހުން

އަލީ ސަމާޚް | 5 އޯގަސްޓު 2019 | ހޯމަ 08:16

ރައީސުލްޖްުމްހޫރިއްޔާގެ އޮފީސް
ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު (ރީކޯ) ގެ ދަރިކަނބަލުން ބުޝައިނަތު މޫސާއަށް އެކުވެރި އަރަބި އިމާރަތް (ޔޫއޭއީ) ގައި ހުންނަ ރާއްޖެ އެމްބަސީން ސިޔާސީ މަގާމެއް ހަމަޖައްސައިދީފި އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ބުޝައިނަތް ހަމަޖައްސާފައިވަނީ އެމްބަސީގެ ސެކަންޑް ސެކެރެޓަރީގެ މަގާމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުން އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ދާދީ ފަހުންނެވެ. އެހެން ނަމަވެސް ވަޒީފާ އަށް ނިކުމެވަޑައިގަތް ކަމެއް އެނގިފައެެއްނުވެ އެވެ.
ބުޝައިނަތް އަކީ ރީކޯގެ މަސްލަހަތު އޮންނަ ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރެވެ.
ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.






