Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ

ނޭމާއާއެކު ވާހަކަތައް ފެށުމަށް ބާސާއިން ތައްޔާރުވެއްޖެ

ނޭމާ ބޭނުންވަނީ އަންނަ ސީޒަނުގައި ބާސާއަށް ކުޅެން ކަމަށް ގިނަ މަސްދަރުތަކުން ބުނޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 4 އޯގަސްޓު 2019 | އާދީއްތަ 11:27
ނޭމާ

ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އާއެކު ވާހަކަތައް ފެށުމަށް ސްޕެއިންގެ ބާސެލޯނާއިން ތައްޔާރުވެއްޖެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލަން ޕީއެސްޖީއިން ކަނޑައަޅާފައިވަނީ 222 މިލިއަން ޔޫރޯގެ އަގަކަށެވެ. އެޓީމުން އެ އަގު ބަދަލުކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަގަށް ބަދަލުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އައުން އެކަށީގެންވާއިރު އުމުރުން 27 އަހަރުގެ ނޭމާ ބޭނުންވަނީ އަންނަ ސީޒަނުގައި ބާސާއަށް ކުޅެން ކަމަށް ގިނަ މަސްދަރުތަކުން ބުނެއެވެ.

ނޭމާގެ މުސްތަގުބަލާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު ބާސާގެ ރައީސް ވަނީ އޭނާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން މީޑިއާގައި ހާމަކޮށްފައެވެ. ޕީއެސްޖީގެ ޕްރީ ސީޒަން އެއްވެސް މެޗެއްގައި އޭނާ ކުޅެފައިނުވާއިރު ފްރެންޗް ސުޕަރ ކަޕް ޕީއެސްޖީއިން ކުޅުނު މެޗުގައި ވެސް އޭނާއަށް ޓީމުން ޖާގަ ދީފައިނުވެއެވެ. އެހެން ނަމަވެސް އޭނާ އަންނަނީ ޗުއްޓީ ނިންމާލުމަށް ފަހު އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ބާސާއާ ޕީއެސްޖިއާ ދެމެދު އޮތް ގުޅުން ނޭމާގެ ޓްރާންސްފާއާއެކު ގޯސްވިއިރު މިއީ އޭނާ ހޯދުމަށް މިހާރު ބާސާއިން ކުރަމުން އަންނަ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްވެސްމެއެވެ.

ބާސާއިން ނޭމާގެ ސޮއި ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޓީމުން ވަނީ ބްރެޒިލްގެ ފޯވާޑް މެލްކޮމް ވެސް ވިއްކާލާފައެވެ. އެހެން ނަމަވެސް ޕީއެސްޖީއިން ބޭނުންވާ އަގު ދެއްކުމަށް ބާސާއިން އަދިވެސް ފަންޑްރައިސް ކުރަން ޖެހެއެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އިވާން ރަކިޓިޗް އަދި ފިލިޕޭ ކުޓީނިއޯ ވިއްކާލުމަށް ވެސް ބާސާއިން މަސައްކަތްކުރާނެއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި

ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި

18 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ސަންޗޭޒް ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޕައުންޑު ހުށަހަޅަން ތައްޔާރުވެއްޖެ

ސަންޗޭޒް ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޕައުންޑު ހުށަހަޅަން ތައްޔާރުވެއްޖެ

09 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު