Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ޔާމީންގެ ޝަރީއަތަށް އަދީބު ގެނެވޭނެތޯ އެހުމުން ފުލުހުން ޖަވާބެއް ނުދިން!

2 އޯގަސްޓު 2019 | ހުކުރު 14:39

އިތުރު މައުލޫމާތު ހާމަ ކުރަން ފުހުންނަށް ފެނިއްޖެ ނަމަ ފުލުހުން އިސްވެ އެ މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށް ބުނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އޯގަސްޓު 2019 | ހުކުރު 14:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި އެމަނިކުފާނުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު (ވ)

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި އެމަނިކުފާނުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު (ވ)

އަންނަ އާދީއްތަ ދުވަހު އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކީންނާއި، ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅި ހެކިންގެ ހެކިބަސް ނަގަން ހަމަޖެހިފައިވާއިރު އެ ޝަރީއަތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ގެންނާނެތޯ ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދިނުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ފިލައިގެން ގޮސްފައިވާ މައްސަލައާ ގުޅޭގޮތުން އެ އިދާރާއިން މިވަގުތަށް ހާމަކުރާ މައުލޫމާތު ބަޔާނެއްގެ ގޮތުގައި ހާމަ ކޮށްފައިވާކަމަށާއި އިތުރު މައުލޫމާތު ހާމަ ކުރަން ފުހުންނަށް ފެނިއްޖެ ނަމަ ފުލުހުން އިސްވެ އެ މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށެވެ. އަދި އަދީބުގެ މައްސަލާގައި އިތުރު އެއްވެސް ކޮމެންޓެއް ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

Advertisement - newsAdvertisement

ޔާމީނާއި ދެކޮޅަށް ދައުލަތުން ޝަފައީ އަށް ހެކި ހުށައަޅާފައިވާއިރު އަދީބަކީ އޭގެއިން އެއް ހެއްކަކަށް ދައުލަތުން ހުށައަޅާފައިވާ ފަރާތެކެވެ. ޔާމީންގެ ޝަރީއަތް އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ބާއްވާއިރު ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކިތަކާއި ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފައެވެ. ހެކިންގެ ބަޔާން ނެގުމަށް އެކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ.

ނަމަވެސް އަދީބު ކޯޓަށް ހާޒިރު ވުމަށް ޗިޓު ހަވާލު ކުރެވުނު ކަމެއް ސާފެއް ނުވެއެވެ. އެކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ ޝަރީއަތަށް ހާޒިރު ކުރާ ހެކިންނަކީ މީޑިއާއަށް ހާމަ ކުރާނެ މައުލޫމާތެއް ނޫން ކަމަށެވެ.

ޓަގު ބޯޓެއްގައި ފިިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާއިން ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދީބު އިންޑިއާށް ވަޑައިގެންނެވި އިރު އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އަދީބަކީ ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައަޅާ ހެއްކަކަށްވާއިރު ފުލުހުން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައާއި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ފައިސާ ނެގުމަށް ފަހު އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އެ އިދާރާއިން ދަނީ ކުރަމުންނެވެ.

އެކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް