Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ދާއިރާ

ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށް ސްޓްރެޓެޖީއެއް އިފްތިތާހުކޮށްފި

1 އޯގަސްޓު 2019 | ބުރާސްފަތި 08:35

ޔުނިސެފުގެ މަންދޫބު ޖީން ގޯ ބައިވެރިވެ ވަޑައިގެންފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޯގަސްޓު 2019 | ބުރާސްފަތި 08:35
ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ އިފްތިތާހު ކުރުން

ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ އިފްތިތާހު ކުރުން

ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް ގުޅިގެން "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓެޖީ" އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނާއި، ޔުނިސެފުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޖީން ގޯ ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ސްޓްރެޓެޖީ އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށާއި، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމައު ރައްޖާތެރި ކުރުމުގައި އެހީތެރިވެދިނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވާހަކަފުޅުދައްކަވާފައިވާއިރު، މިނިސްޓަރ ވިދާޅުވީ، ކުޑަ ދަރިފުޅު ހެދި ބޮޑުވުމުގައި އެންމެ މުހިއްމު ދުވަސްވަރަކީ ދަރިފުޅު މައިމީހާގެ ރަހިމުގައި ގަތުމާއި ހަމައިން ފެށިގެން ގޮސް އުމުރުން 2 އަހަރުވުމާ ހަމައަށް ނުވަތަ ހަޔާތުގެ ފުރަތަމަ 1000 ދުވަސް ކަމަށާއި، އެ ދުވަސްވަރު ކުޑަކުއްޖާގެ ހެދިބޮޑުވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މައިމީހާއާއި ކުޑަ ދަރިފުޅުގެ "ކާނާގެ ހަޔާތުގެ ރަން 1000 ދުވަސް" ގެ މައްޗަށް އަލިއަޅުވާލައި ތައްޔާރު ކުރެވިފައިވާ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. އެގޮތުން "ޔާގޫތު" ނަމުގައި ތައާރަފް ކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަދަރިފުޅަށް ސިއްހީ ގޮތުން އަޅާލުންދޭންޖެހޭ ގޮތާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ މުހިއްމު މައުލޫމާތުތައް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ ގިނަ އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ސްޓްރެޓެޖީގެ ކަންކަމުގައި އިސްނަންގަވައިގެން މަސައްކަތް ކުރުމަށް "ފޭސް އޮފް ފަސްޓް 1000 ޑޭސް އޮފް ލައިފް" ގެ ގޮތުގައި ވޮލަންޓިޔަރުން އައްޔަނުކޮށް އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް ރާއްޖެއަށް އަންނަ ތަރައްޤީއާ އަޅާ ބަލާއިރު މި މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ނުދާ ކަމަށާއި، އެގޮތަށް މެދުވެރި ވުމުގައި ދިރިއުޅުމުގައި ގެންގުޅެވޭ އާދަތައް މުހިއްމު ރޯލެއް އަދާ ކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް