Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

އަތޮޅު ކައުންސިލްތައް ދެން އެކުލެވިގެންދާނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ގޮތަށް: މެމްބަރު ނިޔާޒު

1 އޯގަސްޓު 2019 | ބުރާސްފަތި 02:46

އެލްޖީއޭ ފާހަގަކުރެވުނީ ކައުންސިލުންނާ ދޭތެރޭގައި ހަމައެކަނި ފިޔަވަޅު އަޅާ ބައެއްގެ ގޮތުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޯގަސްޓު 2019 | ބުރާސްފަތި 02:46
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

އަތޮޅު ކައުންސިލްތައް ދެން އެކުލެވިގެންދާނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ގޮތަށް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ފަލަ ސުރުހީ ޕްރޮގްރާމްގައި މެމްބަރު ނިޔާޒު ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ހަގީގަތުގައި އުފެދިފައި އޮތީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެލްޖީއޭ ފާހަގަކުރެވުނީ ކައުންސިލުންނާ ދޭތެރޭގައި ހަމައެކަނި ފިޔަވަޅު އަޅާ ބައެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ނިޔާޒު ވިދާޅުވީ 2014 އިން 2018 އާ ދެމެދުގައި 106 ކައުންސިލަރުންނާ ދޭތެރޭގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ފިޔަވަޅު އަޅާފައި އެބައޮތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި މިހާރު އެމައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ މަގުސަދަކީ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށާއި، ބާރުތައް ދޫކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ހިމަނަންޖެހޭ ބައިބައި އެޖެންޑާ19ގައި ހިމަނާފައިވާ ކަމަށާއި، 19 ވަނަ މަޖިލީހަށް މިފަހަރު ހުށަހަޅާ މިއިސްލާހުތައް ފާސްކުރެވިގެންދާނެ ކަމަށް މެމްބަރު ނިިޔާޒު ވިދާޅުވިއެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްގައި އެކުލެވިގެންދަނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ގޮތަށް ކަމަށާއި، މުޅި އަތޮޅުން އެކަކު އަތޮޅު ވެރިޔާ ގޮތަށް ނުވަތަ އަތޮޅު ކައުންސިލަރަކު ނެގިގެންދާނެ ކަމަށެވެ. މިމަސައްކަތް ކުރިއަށް ގެންދާނީ އަތޮޅުގެ ހުރިހާ އެންމެން ވޯޓުލައިގެން ކަމަށް މެމްބަރު ނިޔާޒު ވިދާޅުވިއެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ މިފާއިތުވި އަހަރުތަކުގައި ސިޔާސީ ފަށަލައާ އިދާރީ ފަށަލާގެ ދެމެދު މައްސަލަ ޖެހި ކައުންސިލްތައް ހިންގުން ހުއްޓިފައިވާ ކަމަށާއި، ކައުންސިލްތަކާއި ސަރުކާރުގެ މިނިސްޓްރީތަކާ ދެމެދު ހިޔާލުތަފާތުވުން އުފެދި ޚިދުމަތް ދިނުމަށް ހުރަސް އަޅިފައިވާ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ނިޔާޒު ވިދާޅުވީ މިފާއިތުވެގެންދިޔަ އަހަރުތަކުގައި ކައުންސިލްތަކުގެ އިހުތިސާސްއަކީ ކޮބައިކަމާއި، އެމީހުންގެ މިލްކުވެރިކަމަކީ ކޮބައިކަން މިހާތަނަށް ފާހަގަކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ކައުންސިލްތަކާއި ކައުންސިލްގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާއިރު ލާމަރުކަޒު ކުރުމުގެ ރޫހާ ހިލާފަށް ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ ކައުންސިލްތަކަށް ދިމާވާ މިގޮންޖެހުންތައް ނައްތާލުމަށް އެކި މަޝްވަރާތައް ކުރެވި މިކަންކަން ހައްލުކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ގާނޫނު އަލުން ރައްޔިތުންގެ މަޖިލީހަށް ލެވޭ ހިސާބަށް ގޮސްފައިވާކަން މެމްބަރު ފާހަގަކުރެވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
އަތޮޅު ވެހި ފަޅާލައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް