Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

30 ޖުލައި 2019 | އަންގާރަ 03:14

ނައިބު ރައީސް ވިދާޅުވީ ގުޅީފަޅު އަދި ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ސިއްހީ ފަރުވާދެވޭނެ ގޮތް ފަހިވުމަކީ އުފަލެއް ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖުލައި 2019 | އަންގާރަ 03:14
ނައިބު ރައީސް ފައިސަލް ނަސީމްތިލަފުށީގައި ގާއިމްކޮށްފައިވާ ކުލިނިކާއި ބޭސްފިހާރައިގެ ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ނައިބު ރައީސް ފައިސަލް ނަސީމްތިލަފުށީގައި ގާއިމްކޮށްފައިވާ ކުލިނިކާއި ބޭސްފިހާރައިގެ ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކޮށްދީ މަސައްކަތުގެ މައިދާނުގައި އެއްބާރުލުންދީ އެހީތެރިކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ތިލަފުށީގައި ގާއިމްކޮށްފައިވާ ކުލިނިކާއި ބޭސްފިހާރައިގެ ހިދުމަތް އިފްތިތާހު ކުރުމަށް ތިލަފުށީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގުޅީފަޅު އަދި ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ސިއްހީ ފަރުވާދެވޭނެގޮތަށް ތިލަފުށީގައި ކުލިނިކަކާއި ބޭސްފިހާރައެއްގެ ހިދުމަތް ފެށުމަކީ އެކަން ފާހަގަކޮށް އެކަމާ އުފާފުޅު ކުރައްވާ ކަމެއްކަމުގައެވެ.

ފައިސަލްގެ ވާހަކަފުޅުގައި، މަސައްކަތްތެރީންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާ އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަގީންކުރެވިފައިވުމަކީ މަސައްކަތްކުރުވާ ހުރިހާ ފަރާތްތަކުން ވެސް އިތުރު ސަމާލުކަމެއްދޭންވީ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މަސައްކަތްކުރުވާ މީހާއެކޭ އެއްފަދައިން މަސަތްކަތްކުރާ މީހާގެވެސް ހައްގުތަކެއް ވާނެކަން ހަނދާންކޮށް އެކަންތައްތަކަށް ސަމާލުވުމަށް ގޮވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ސިއްހީ ދާއިރާކަން ފާހަގަކުރައްވައި ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިރިއުޅޭ ރަށުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަކީ މި ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ކަމެއް ކަމުގައެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް