Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

އެޗްޑީސީއިން އެއްދުވަހުގެ ތެރޭގައި 150 މީހުންނަށް ވަޒީފާ ދީފައިވޭ: މެމްބަރު އިލްޔާސް

24 ޖުލައި 2019 | ބުދަ 04:49

ކުންފުނިތައް ބޭނުންކޮށްފައި އޮތީ ކޮރަޕްޝަން ހިންގުމަށް ބޭނުން ކުރާ ވެހިކަލްއެއްގެ ގޮތުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2019 | ބުދަ 04:49
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން އެއްދުވަހުގެ ތެރޭގައި 150 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި، ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިލްޔާސް ލަބީބް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ވެރިން ކުންފުނިތައް ބޭނުންކޮށްފައިވަނީ ކޮރަޕްޝަން ކަންތައްތައް ހިންގުމަށް ބޭނުން ކުރާ ވެހިކަލްއެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު އިލްޔާސް ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް އަމަލުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަމަށާއި، ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ބަޔަކާ ކަމަށެވެ. އަދި ވިދާޅުވީ ޕްރޮޖެކްޓްތައް ދޫކޮށްފައި އޮތީ އިއުލާން ކުރުމަކާ ނުލައި، އަގަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

ވަޒީފާ ދޫކޮށްފައިވާ ގޮތަށް އަލިއަޅުއްވާލައްވާ މެމްބަރު އިލްޔާސް ވިދާޅުވީ ޕީޕީއެމްއަށް ބަޔަކު ވައްދަން ބޭނުންވުމުން ނުވަތަ ޕީޕީއެމްއެމްގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިކުރުވުމަށް ވަޒީފާދޫކޮށްފައިވާ ކަމަށެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ އެޗްޑީސީގައި އިއުލާން ކުރުމެއްނެތި އެއްދުވަހެއް 150 މީހުންނަށް އެދުވަހެއްގައި ވަޒީފާ ދީފައިވާ ކަމަށާއި، ތިލަފަޅު އަދި ގުޅީފަޅަށް އެތަނުގެ ވެރިންނަށް ނޭނގި މީހުން ވަޒީފާއަށް ނެރިފައިވާ ކަމަށެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ އެޗްޑީސީ އުފެދިގެން އައިންސުރެން ވަރަށް ޕްރޮފެޝަނަލްކޮށް ވަރަށް ފުރިހަމައަށް ފާއިދާއާއެކު ހިންގަމުން އައި ކުންފުންޏެއް ކަމަށާއި، ނަމަވެސް އެޗްޑީސީ ވެސް ބަދަލުވެގެންދިޔައީ ޕީޕީއެމްގެ ޖަގަހައެއް ކަމަށެވެ.

މީގެ އިތުރުން މެމްބަރު އިލްޔާސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެކުންފުނީގައި ކޭޝް ފްލޯ އޮތީ މުޅިން މައިނަސްވެފައި ކަމަށާއި، އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް ނުވެފައި ކަމަށެވެ. މެމްބަރު އިލްޔާސް ވިދާޅުވީ މިދިޔަ ފަސްއަހަރު ތެރޭގައި ބޮޑެތި ކުންފުނިތައް ބޭނުންކޮށްފައި އޮތީ ސިޔާސީ މަންފާ ހޯދުމަށް ކަމަށާއި، ކުންފުނި ހިންގުމުގެ މަގުސަދާ ހިލާފަށް ކަމަށެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ ގިނަ ކުންފުނިތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހުނީ ކުންފުނި ހިންގުން ދޯދިޔާވެ، ކުންފުނި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރުމުން ކަމަށެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ ކުންފުނިތަކުން ކޮރަޕްޝަން އިތުރުވެ، ކުންފުނިތައް ދޯދިޔާވުމުގައި ކުންފުނިތަކުގެ މައްސޫލިއްޔަތު ބަލަހައްޓާ ބެލެނިވެރފަރާތްކަމަށްވާ ޕްރައިވަޓައިޒޭޝަން ކޯޕަރައިޓޭޒޭޝަން ބޯޑުގެ މެމްބަރުންގެ އިހުމާލު ވެސް އެބައޮތް ކަމަށާއި، އެބޯޑުގެ މެމްބަރުން މަސްއޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށެވެ. އަދި އެމައްސަލަ ވެސް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް