Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް ޕީއެންސީ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

22 ޖެނުއަރީ 2024 | ހޯމަ 08:02

މިއަދު ޕާޓީގެ އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2024 | ހޯމަ 08:02
ޕީޕީއެމް/ޕީއެންސީ

ޕީޕީއެމް/ޕީއެންސީ

2018 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަދަލު ކުރުމަށް ފުރަތަމަ އުފެއްދި އޮއިވަރަކީ އިންޑިއާ އައުޓެވެ. މި އޮއިވަރުގައި ރައްޔިތުން ޖައްސައި، އެތަކެއް ދޮގުތަކެއް ހަދައިގެން ތާއީދު އިތުރު ކުރަމުން ދިޔައިރު ޕާޓީން އިންތިޚާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

ކޮންމެއަކަސް ކެންޑިޑޭޓު ކަށަވަރުވާ ހިސާބަށް ދިޔައިރު، އެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެންމެ ފަސޭހަ އުކުޅެއް ކަމުގައި ފެނުނީ ޕާޓީގެ ޒައީމްކަމަށް ބުނާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމުގެ ވައުދެވެ.

އޭރު އޮތް އެމްޑީޕީ ސަރުކާރު ބަދަލު ކުރުމަށް ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމް ޕީއެންސީ ތެރެއިން ތާއީދު އޮތް ކެންޑިޑޭޓެއްކަން ނުވަތަ ނޫންކަމާމެދު އޭރު އޮތީ ބޮޑު ސުވާލު މާކެއްގެ ތެރޭގައެވެ.

އޭރު ގިނަމީހުން ބުނަމުން ދިޔައީ އެ ކެންޑިޑޭޓަކީ ޑރ މުޙައްމަދު މުއިއްޒު، ނުވަތަ އާދަމް ޝަރީފް، ނުވަތަ އެހެން ބޭފުޅެއްވިޔަސް ހެޔޮ ކަމަށެވެ. ރައްޔިތުން ވޯޓުލީ ކެންޑިޑޭޓަށް ބަލައިގެންނެއް ނޫން ކަމަށެވެ. ރައްޔިތުން ވޯޓުލީ ކެންޑިޑޭޓުގެ ފޮޓޯގައި ކުރިމަތިން ފެންނަން ހުރި ޕާޓީގެ ޒައީމަށް ކަމަށެވެ.

އެކަން ހާމަވެގެން ދިޔަ އެއް ސަބަބަކީ ޔާމީނުގެ އަނބިކަނބަލުން ރަސްމީކޮށް މުއިއްޒުގެ ކެމްޕޭނު ޙަރަކާތަކުން ފެނުނު ހިސާބުން، ރަށްރަށުންނާއި އެކި ދިމަދިމާލުން މުއިއްޒު އެންޑޯޒް ކުރަން ފެށުމެވެ. މުއިއްޒަށް ހާމަކަން ބޮޑު ގޮތެއްގައި ކެމްޕޭނު ކުރަން ފެށުމެވެ. ގިނަ މީހުން ބުނާ ގޮތުގައި ހަގީގަތުގައި މުއިއްޒަށް ތާއީދު ފުރޮޅުނު ހިސާބަކީވެސް އެއީއެވެ.

ކޮންމެއަކަސް އިންތިޚާބު ނިމި މުއިއްޒު ކާމިޔާބުވި ހިސާބުން މި ފެންނަނީ ހީކުރި ގޮތާ މުޅިން ތަފާތު މަންޒަރެކެވެ.

ޔާމީނާއި ޔާމީނެކެވެ. ސިޓީ ކައުންސިލު މުވައްޒަފުން ނެރެގެން ޔާމީނުގެ ފޮޓޯފުޅު ބިންމައްޗަށް ވައްޓާލެއްވި ހިސާބުންވެސް ރައްޔިތުން ދިޔައީ މި ޙާލަތު އަންދާޒާ ކުރަމުންނެވެ.

ޓިކެޓު ލިބިވަޑައިގަތުމުގެ ކުރިން ޔާމީނުގެ ހުރިހާ ޝަރީއަތްތަކަށްހެން ވަޑައިގެންނެވި ބޭފުޅުން ވެރިކަން ލިބިވަޑައިގަތުމުން ޔާމީނާމެދު ކަން ކުރި ގޮތް އޮތީ ހާމައަށް ފެންނާށެވެ.

އެހިސާބުން ނިމުނީއެއް ނޫނެވެ. މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ޕީޕީއެމް ޕީއެންސީން ވާދަ ކުރައްވަން ނިންމަވައިގެން ތިއްބެވި ބައެއް ބޭފުޅުންނަށް މިވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މި ވެރިކަން ގެނައުމުގައިވެސް ކުރީ ސަފުގައި މަސައްކަތް ކުރައްވާފައިވާ މީހުންނެވެ.

ބައެއް މީހުންނަށް ޕްރައިމަރީގެ ފުރުސަތު ގެއްލުވާލީ ފިތުނަ އުފައްދާކަމަށް ބުނެއެވެ. ބައެއްގެ މީހުންގެ ފުރުސަތު ގެއްލުވާލީ ޕާޓީއަށް އެކަށީގެންވާ ޚިދުމަތެއް ކޮށްދީފައި ނެތްކަމަށް ބުނެއެވެ.

އެކަމާ ވާހަކަ ދައްކާ ބައެއް މީހުން ބުނަނީ މި ސަރުކާރު ނިސްބަތްވާ ޕާޓީގެ ޓިކެޓުގައި ދާދި ފަހުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އާޒިމާ ޝަކޫރު ނިމިދިޔަ 5 އަހަރުގައި ކޮބައިބާއެވެ؟ ނުވަތަ ކެބިނެޓާއި ސަރުކާރުގެ ސިޔާސީ އެކި މަޤާމުތަކުން މުޅިން އަލަށް ފެންނަ މޫނުތައް މިދިޔަ 5 އަހަރުގައި ކޮބައިބާއެވެ؟

މިއަދު ޕާޓީގެ އެތައް ބަޔަކު ދަނީ އެކަންކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެތައް ބަޔަކު ގެންދަނީ ޕާޓީން ވަކިވަމުންނެވެ.

ހަގީގަތަކީ، މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މިވަނީ ހެޔޮވަރު ވަރެއްގެ ތަފާލެއް ޖަހާފައެވެ.

ޕާޓީން މެމްބަރުން ވަކިވާން ފެށުމާއި، ޕާޓީއަށް ކުރިމަތިވަމުން ދިޔަ ފާޑުކިޔުންތަކަކީ ޕީޕީއެމް ޕީއެންސީއަށް ކެތްކުރެވޭ ކަމަކަށް ނުވިއެވެ.

ގެއްލެމުންދާ ރުހުން ހޯދުމަށް، އެންމެ ފަހުން ޕާޓީއަށް ކުރިމަތިވި ޕްރެޝަރާހެދި ޕާޓީން މިވަނީ ކުއްލި ގޮތަކަށް އެ ނިންމުން ބަދަލުކޮށްފައެވެ. އެގޮތުން ޕީއެންސީގެ ޗެއަރމަން އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"
21 އޮކްޓޯބަރު 2017

އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟

21 އޮކްޓޯބަރު 2017
އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟
21 އޮކްޓޯބަރު 2017

ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

21 އޮކްޓޯބަރު 2017
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ
08 އޮކްޓޯބަރު 2017

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!
14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް