Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް އިންތިޚާބު

އެފްއޭއެމުން އަމަލުކުރިގޮތް ގޯސް، ފީފާއިން އިންތިޚާބު ބާތިލްކޮށްފި

22 ޖެނުއަރީ 2024 | ހޯމަ 11:34

އިންތިޚާބު ކެންސަލް ކުރިއިރު، އެފްއޭއެމްގެ އިދާރީ މައްސަލަތައް ވަނީ ގިނަވެފައި

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2024 | ހޯމަ 11:34
އެފްއޭއެމް އިލެކްޝަން: (ކ-ވ) މުފާވިޒް، ބައްސާމް އަދި ޓޮމް

އެފްއޭއެމް އިލެކްޝަން: (ކ-ވ) މުފާވިޒް، ބައްސާމް އަދި ޓޮމް

މައްސަލަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގެ ކަންކަން އެފްއޭއެމުން ކުރިއަށްގެންދިޔައީ ގޯސްކޮށް ކަމަށް ނިންމައި، ފީފާއިން އެ އިންތިޚާބު ކެންސަލްކޮށް، އައު އިންތިޚާބަކަށް ހުޅުވާލަން ނިންމައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާއިން މި ގޮތަށް ނިންމީ، އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ސައްހަކަން ގެއްލިފައިވުމުންނާއި، އަސާސީ ގަވާއިދުގައިވާގޮތަށް އެޕީލްސް ކޮމިޓީ އެކުލަވާލާފައި ނެތުމުންނާއި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދިފައި ވުމުންނެވެ.

ފީފާއާއި އޭއެފްސީން މިއަދު އެފްއޭއެމަށް އަންގާފައިވަނީ ކޮންގްރެސްއެއް ބޭއްވުމަށް އިލެކްޓޯރަލް ކޮމިޓީއަކާއި އެޕީލްސް ކޮމިޓީއެއް ނެގުމަށެވެ. މި ގޮތުން ފީފާއިން އެންގީ ތިރީގައި މިވާ ކަންކަމެވެ.

1- އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައިނުގަންނަ ކަމަށް.

2- ‏އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލްކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސްއިން ކަމާއި، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް.

3. އޭގެ ފަހުން އެފްއޭއެމްގެ އިންތިޚާބު އަލުން ހުޅުވާލުމަށް.

އަދި މިއާއެކު، ފީފާ އަދި އޭއެފްސީއިން އިންތިޚާބުގެ ހުރިހާ ހަރަކާތެއް ގާތުން ބަލަމުން ގެންދާނެކަން އަންގާފައިވެއެވެ.

އައު އިންތިޚާބަކަށް ހުޅުވާލަން ފީފާއިން ނިންމިއިރު، ކެންޑިޑޭޓް އަހުމަދު ތާރިގް (ޓޮމް)ގެ އިންތިޚާބީ ޝަރުތު ހަމަނުވާކަމަށް އިލެކްޓޯރަލް ކޮމިޓީން އޮތީ ނިންމާފައެވެ. އަދި އެ މައްސަލަ އެޕީލްކޮށްފައި ވަނިކޮށް، އެޕީލްސް ކޮމިޓީއެއް ނެތްކަމަށް އެފްއޭއެމުން ވެސް ފަހު ވަގުތު އެއްބަސްވިއެވެ. މިކަމާ ގުޅިގެން އެފްއޭއެމްގެ މެމްބަރު 10 ކުލަބަކުން ވަނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ޓޮމްއަށް ތާއީދުކުރާ ކުލަބުތަކުގެ ކިބައިން އެދިފައެވެ. ގަވާއިދުގައި ވާ ގޮތުންނަމަ، ހުށަހަޅާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވެ، މި މަހުގެ 27 ވަނަ ދުވަހު އެ ކޮންގްރެސް ބާއްވަން ޖެހޭނެއެވެ. އެފްއޭއެމުން ނުބާއްވައިފިނަމަ ފީފާ، އޭއެފްސީގެ އިރުޝާދުގެ މަތިން ކުލަބުތަކަށް އަމިއްލައަށް ކޮންގްރެސް ބޭއްވޭނެއެވެ.

އިންތިޚާބަށް ކުރިމަތިލެއްވި ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމީ، އޭނާއާ ވާދަކުރާ ކެންޑިޑޭޓް މުފާވިޒް ހާޝިމަށް ވެސް ކްލަބް ވެލެންސިއާއިން ތާއީދުކޮށް ސިޓީއެއް ދީފައިވާ މައްސަލާގައެވެ. މިހެންވެ އެ ކުލަބުގެ ތާއީދު އެއްވެސް ކެންޑިޑޭޓަކަށް ކަށަވަރުކުރެވިފައި ނުވާކަމަށް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން ނިންމާފައިވާ މައްސަލަ ވަނީ ހޫނުވެފައެވެ.

އެފްއޭއެމްގެ ގަވާއިދުގައި ވާގޮތުން، އިލެކްޓޯރަލް ކޮމިޓީއަކީ އެ އިދާރާގެ ކޮންގެރްސްގައި އިންތިޚާބު ކުރަންޖެހޭ ކޮމިޓީއެކެވެ. ނަމަވެސް މިވަގުތު އޮތް އިލެކްޓޯރަލް ކޮމިޓީގެ ތިން މެމްބަރުން އިންތިޚާބުކޮށްފައިވަނީ އެފްއޭއެމްގެ ގަވާއިދާ ޚިލާފަށެވެ. އެ ގަވާއިދުގައި ބުނެފައިވަނީ އެއްބަޔަކު ދެ ދައުރަކަށް އިންތިޚާބު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިލެކްޓޯރަލް ކޮމިޓީގެ ޗެއަރމަން އަބްދުﷲ އަލީ ވަނީ ތިންވަނަ ދައުރަކަށް އިންތިޚާބުކޮށްފައެވެ. އަދި މެމްބަރު އަހުމީމް އަބްދުއްރައްޒާގާއި އަބްދުﷲ އަލީ ވެސް އިންތިޚާބުކޮށްފައި ވަނީ ދެވަނަ ދައުރަކަށެވެ. މިކަން އާއްމުންނާއެކު އެނގުމާއެކު އަހުމީމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެފްއޭއެމަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ނަމަވެސް ބައްސާމްގެ ދައުރުގައި އެތަން ހިންގުން ވަނީ ބޮއްސުންލާފައެވެ. އަދި މުވައްޒަފުންނަށް 10 މަސް ދުވަހުގެ މުސާރަ ނުދެވުމާއި، އެތައް ކުންފުންޏަކަށް ދަރައި ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެފްއޭމްގެ ލިޔެކިއުންތައް ފާސްކޮށް، ބައްސާމްގެ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

11 އޮކްޓޯބަރު 2017
ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި
22 ސެޕްޓެމްބަރު 2017

ނޭމާ ވިއްކާލުމަކީ ގޯސް ނިންމުމެއް: ރަކިޓިޗް

22 ސެޕްޓެމްބަރު 2017
ނޭމާ ވިއްކާލުމަކީ ގޯސް ނިންމުމެއް: ރަކިޓިޗް
06 ޖުލައި 2017

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
24 ޖޫން 2017

ނިއު އަތުން ބަލިވީ ޑިފެންސް ލައިންގެ އެންމެ މީހެއް ހެދި ގޯސްތަކުން: ނިޒާމްބެ

24 ޖޫން 2017
ނިއު އަތުން ބަލިވީ ޑިފެންސް ލައިންގެ އެންމެ މީހެއް ހެދި ގޯސްތަކުން: ނިޒާމްބެ
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް