Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ކޯޓު

ބީއެމްއެލްއިން އެދުނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށް

18 ޖުލައި 2019 | ބުރާސްފަތި 12:20

ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް ބީއެމްއެލުން އެދުނު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޖުލައި 2019 | ބުރާސްފަތި 12:20
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް އިމާރާތް

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް އިމާރާތް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދުނީ ތަހުގީގީ އިދާރާއިން ބޭނުންވާ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށް ކަނޑައަޅައި އަމުރެެއް ނެރެދިނުމަށް ކަމަށް އެނގިއްޖެއެވެ.

ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ. އެމައްސަލަ ޝަރީއަތަށް ދިޔައީ ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބީއެމްއެލުން ކޯޓުގައި އެދިފައިވަނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެމައްސަލައިގައި ވަކާލާތު ކުރެއްވި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ވަނީ އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ކަމުން ކޯޓުން ނިންމީ ހައްލު ނުލިބުމުން އެ މައްސަލައިގެ ޝަރީއަތް ފެށުމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާއިރު އޭގެ އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން ވަނީ އިންކާރު ކޮށްފައެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ (އެފްއައިޔޫގެ) ސަމާލު ކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލު ކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީގައި ބުނެފައެވެ. ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނެއެވެ.

މީގެ ކުރިން ތަހުގީގު އިދާރާތަކަށް ބީއެމްއެލުން އެއްބާރުލުން ދިން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބޭންކުން ވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނިންމާފައެވެ. ބީއެމްއެލުން ބުނީ މައުލޫމާތު ނުދިނުމަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހައިކޯޓުން މިއަހަރު ނެރެފައިވާ ގަޒިއްޔާއަކާއި ހަވާލާދީ ކަމަށެވެ.

ބޭންކުން މައުލޫމާތު ދޭން ހުއްޓާލުމުން އެންޓިކަރަޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި އަންގާރަ ދުވަހު ވިދާޅުވީ އެގޮތަށް ބޭންކުން ހުއްޓާލުމުން ބަލަމުންދާ ކަރަޕްޝަންގެ މައްސަލަތަކުގައި ކުރިއަށް ދާން ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް