Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯލްޑް ޔޫތު ސްކިލްސް ޑޭ

ވޯލްޑް ޔޫތު ސްކިލްސް ޑޭ ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރަން ނިންމައިފި

ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ޖުލައި 2019 | އާދީއްތަ 13:04
ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރެއިން

ވޯލްޑް ޔޫތު ސްކިލްސް ޑޭ ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރަން ނިންމައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "ވޯލްޑް ޔޫތު ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މާލޭ ހާބަރ ސަރަހައްދުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަރު އާޠިފާއެވެ. މި ރަސްމިއްޔާތުގައި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އަދި "އެމްޕްލޮއިމަންޓް ސެކްޓަރ ކައުންސިލް"ތައް އިފްތިތާހް ކުރުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އަކީ ދިވެހިރާއްޖޭގެ ވަޒީފާދޭ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ އެކި ރަށްތަކާއި ސިނާއީ ސަރަހައްދުތައް ހިމެނޭ މަސައްކަތު މާހައުލުތަކުގައި ތިބެގެން އެ މަސައްކަތްތަކާއި، ހުނަރުތައް އުނގެނި، ތަމްރީނުވެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހީންނަށް ފަހިކޮށްދިނުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގާ ހުރިހާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރޭނިންގ ސްޓޭންޑާރޑްތަކާއި އެއްގޮތަށެވެ.

އެމްޕްލޮއިމަންޓް ސެކްޓަރ ކައުންސިލްތައް

ވަޒީފާގެ ބާޒާރަށް މަސައްކަތްތެރިން ބޭނުންވާ ފެންވަރާއި، މިންވަރު ދެނެގަތުމަށްފަހު އެ މަސައްކަތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރޭނިންގ ސްޓޭންޑާރޑްތައް ޓިވެޓް އޮތޯރިޓީއިން ދަނީ އެކުލަވާލަމުންނެވެ. މި ގޮތަށް އެކުލަވާލެވިފައިވާ ސްޓޭންޑާރޑްތަކުގެ އިތުރުން އަލަށް ވަޒީފާގެ ބާޒާރަށް ބޭނުންވާ އެކި މަސައްކަތްތަކާއި ގުޅޭ މިފަދަ ސްޓޭންޑާރޑްތައް އެކުލަވާލުމަށާއި، ކުރިންވެސް ހުރި ސްޓޭންޑާރޑްތައް ރިވިއުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، ތަޖުރިބާކާރުންގެ އިރުޝާދު ހޯދައި، އެއްކުރުމަށްޓަކައި އެމްޕްލޮއިމަންޓް ސެކްޓަރ ކައުންސިލްތައްވަނީ އެކުލަވާލެވިފައެވެ. މިގޮތުން އެކުލަވާލައިފައިވާ ސެކްޓަރ ކައުންސިލްތައް އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ "ވޯލްޑް ޔޫތު ސްކިލްސް ޑޭ" ފާހަގަކުރާ ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ 6 އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލކެވެ. އެއީ އިޖްތިމާއީ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް، ދަތުރުފަތުރުގެ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް، ފަތުރުވެރިކަމުގެ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް، އިމާރާތްކުރުމުގެ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް ހިމެނެއެވެ.

"ވޯލްޑް ޔޫތު ސްކިލްސް ޑޭ" ފާހަގުކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުން ހިމެނެއެވެ. މިގޮތުން ކޮންމެ ރަށެއްގެ ސްކޫލުގައި ޚާއްސަ އެސެމްބްލީއެއް ބޭއްވުމާއި، އެސެމްބްލީގައި އެ ރަށަކަށް ނިސްބަތްވާ މަސައްކަތެއް، ހުނަރެއް ނުވަތަ އެ ރަށެއްގެ ޒުވާނުން ޝައުޤުވެރިވާ މަސައްކަތަކާއި ގުޅޭ ގޮތުން ރަށުގައި އުޅޭ މަސައްކަތްތެރި، ތަޖުރިބާކާރު ބޭފުޅެއް ނުވަތަ ޚިދުމަތްތެރިއެއްގެ ވާހަކަ ދެއްކުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "ވޯލްޑް ޔޫތު ސްކިލްސް ޑޭ" ކަމުގައި 2014 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ޔޫ.އެންގެ ޖެނެރަލް އެސެމްބްލީގައި ނެރުނު ޤަރާރަކުން ވަނީ ފާސްކޮށްފައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިކަމާއި ހުނަރުގެ މުހިއްމުކަން ފާހަގަކުރުމަށާއި، ތަފާތު ދާއިރާތަކުގެ މަސައްކަތްތެރީންގެ މަސައްކަތުގެ އަގުވަޒަންކޮށް، މަސައްކަތްތެރިކަމާއި، ހުނަރު ޕްރޮމޯޓްކުރުމުގެ މަޤްސަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު