Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕު ހިންގި، އެއީ ތެދެއް: ގާޒީ ހަސަން ސައީދު

14 ޖުލައި 2019 | އާދީއްތަ 12:05

އަބަދުވެސް ކޯޓުގައި ކޮރަޕްޝަން ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 ޖުލައި 2019 | އާދީއްތަ 12:05
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ފެމެލީ ކޯޓުތެރޭގައި ހައްޖު ގުރޫޕުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވާ ބުނުމަކީ ތެދެއްކަމަށް ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައިވާ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ޖޭއެސްސީއިން ބޭއްވި ހަސަން ސައީދުގެ މައްސަލައިގެ އަޑުއެހުމުގައި އޭނާ ވިދާޅުވީ އެކޯޓު ތެރޭގައި ހައްޖު ގުރޫޕެއްގެ މަސައްކަތް ކުރަމުން އައިކަން ސަމާލުކަމަށް ގެނައީ ރާއްޖެޓީވީން އެވާހަކަ ދެއްކުމުން ކަމަށެވެ. އެމައްސަލަ ރާއްޖެޓީވީއިން ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ބެލި ބެލުމުން އެއީ ތެދެއްކަމަށާއި އެމައްސަލައިގައި ހިމެނޭ ފަރާތެއް ސަސްޕެންޑްވެސް ކުރެއްވި ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ފެމިލީ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

އެކަމާއި ގުޅިގެން އެގޮތަށް ރަޖިސްޓްރާ ސަސްޕެންޑް ނުކުރެވޭނެކަމަށް ހުށައެޅި ޝަކުވާތަކާއި ގުޅިގެން ހަސަން ސައީދު ވިދާޅުވީ ރަޖިސްޓްރާ ސަސްޕެންޑް ކުރީ ޝަރުއީ މުއައްޒަފުންގެ ގަވައިދުގެ 213 ވަނަ މާއްދާއިން އޭނާއަށް ލިބިލައްވާ ބާރުގެ ދަށުން ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ އެމައްސަލައިގައި ރަޖިސްޓްރާ ސަސްޕެންޑްކޮށްފައިވަނީ އެއީ ކޯޓު ހިމާޔަތް ކުރުން އެއީ އެންމެ އިސްކަމެއް ދެއްވާ ކަމަކަށްވާތީ ކަމަށެވެ. އޭނާއަކީ އަބަދުވެސް ކޯޓުގައި ކޮރަޕްޝަން ފެތުރުން ހުއްޓުވުމަށާއި މީހުންގެ އިތުބާރު ކޯޓަށް ހޯދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަަމަށް ވިދާޅުވިއެވެ. އެމައްސަލަ އަމިއްލައަށް ބައްލަވާ ރަޖިސްޓްރާ ސަސްޕެންޑްކުރީ މައްސަލަ ތަހުގީގު ކުރަން ވެސް ތިބީ ކަރަޕްޝަނުން މަންފާ ލިބޭ މީހުންކަމަށާއި އެ ތަހުގީގުން ނަތީޖާ ނުލިބޭނެކަން އެނގިލައްވާތީ ކަަށް ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ ޖޭއެސްސީގެ ތަހުޤީޤު ޓީމުން ވަނީ މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު ރެޖިސްޓްރާ އަހުމަދު އެކޯޓުގެ ކޮންފަރެންސް ރޫމަށް ހާޒިރުކޮށް އޭނާއާއި ދިމާލަށް "ކަލޭ ކީއްކުރަން ހިފާ ރޯދައެއްހޭ ތިއީ މުނާފިގެކޭ" ވިދާޅުވެ އަތުގައި އޮތް "ޕްލާސްޓިކް ފައިލް" އަހުމަދު އަބްދުﷲ އާއި ދިމާލަށް އެއްލާލެއްވިތޯ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ ރެޖިސްޓްރާ އަހުމަދު ކޮންފަރެންސް ރޫމަށް ހާޒިރު ކުރެއްވީ އޮފީސްތެރޭގައި ހައްޖު ގުރޫޕެއްގެ މަސައްކަތް ކުރަމުން އައިކަމަށް ލިބުނު ޝަކުވާއަކާއި ގުޅިގެން ކަމަށެވެ. ހަސަން ސައީދު ވިދާޅުވީ އޭނާއަކީ "ކަލޭ" ކިޔައިގެން ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ. އަދި އަތުގައި އޮތް ފައިލް ރަޖިސްޓްރާގެ އަތަށް ދިނީ ރީތިކޮށް ކަމަށެވެ. އެފައިލް ރެޖިސްޓްރާއާއި ދިމާލަށް އެއްލާނުލައްވާ ކަމަށް ވިދާޅުވިއެވެ.

އެދުވަހު ރެޖިސްޓްރާ ހުންނެވީ ރޯދައަށް ކަމަށާއި އެކަން އެނގުނީ ކޮންފަރެންސް ރޫމަށް ހާޒިރުކޮށް ކޮފީއެއް ބޯލުމަށް އެދުމުން ރޯދައަށް ހުންނެވިކަމަށް ވިދާޅުވުމުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި ރަޖިސްޓްރާ ސަސްޕެންޑްކޮށް މައްސަލަ ބެލުމަށް ފެމެލީ ކޯޓުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މައްސަލަ ހުށައެޅިއެވެ. އެ އިދާރާއިން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ސަސްޕެންޑްކުރިއެވެ. އަދި އޭނާއާ ދެކޮޅަށް ރެޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި ކަމަށް ބުނާ މައްސަލައެއްގައި ހޫނުވެފައިވާކަމަށް ބުނެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް