Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ތިނަދޫއަށް ވަޑައިގަތުން

ތިނަދޫ ހޮސްޕިޓަލްގެ ބަލި މީިހުންގެ ހާލަތު ރައީސް ބައްލަވާލައްވައިފި

ރައީސް ތިނަދޫއަށް ވަޑައިގެންފައިވަނީ "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 13 ޖުލައި 2019 | ހޮނިހިރު 08:31
ރައީސުލް ޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގަތުމުން މަރްހަބާ ދަންނަވަނީ

ރައީސުލް ޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގަތުމުން މަރްހަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫ ޑޮކްޓަރ އަބްދުލް ސަމަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ބަލިމީހުންގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގެންފައިވަނީ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދަށުން ކުރައްވާ ދަތުރުފުޅެއްގައި ހުކުރުދުވަހުއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގެންފައިވާއިރު، އެ މަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢްނީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ބައިވެރިވަޑައިގަންނަވައެވެ. ރައީސްގެ އަރިހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން ވެސް ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ.

"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތެރެއިން ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އެ ރަށު ރައްޔިތުންނާ އެކު މަޝްވަރާކޮށްފައިވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާސަތުގެ ދަށުން "މަސްވެރިކަމުގެ ނަފާއިތުރުކުރުން" މި މައުލޫގެ މައްޗަށެވެ.

މި މައުލޫއުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް މަސްގަތުމަށް ބޭނުންވާ ދިރާސާއެއް ފިޝަރީޒް މިނިސްޓްރީއިން ހަދާފައިވާ ކަމަށާއި، އަދި މި ދިރާސާ މިހާރު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދަށުން ބޭއްވުނު ތިންވަނަ ބައްދަލުކުރެއްވުމެވެ. މި ސިލްސިލާގެ މަގުސަދަކީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުން ގޮތް ނިންމުމުގައި ރައްޔިތުންގެ ލަފަޔާއި ހިޔާލު ހުރި ގޮތް ދެނެގަތުމެވެ. މި ސިލްސިލާގެ ކުރިން ބޭއްވި ދެ ބައްދަލުވުންތައް ވެސް ބާއްވާފައި ވަނީ މާލޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު