Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިރީނާއަށް ކަނޑައަޅާ މަންދޫބު

އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް

11 ޖުލައި 2019 | ބުރާސްފަތި 11:57

އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ޤައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޖުލައި 2019 | ބުރާސްފަތި 11:57
އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް ހަމަޖައްސުން

އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް ހަމަޖައްސުން

އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސަވައިފިއެވެ.

ޑރ. ނިޔާޒް ވަނީ އަބޫދާބީގައި ހުންނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީގެ މައި އޮފީހުގައި، އެޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލަ ކަމޭރާއަށް ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އަރުވާފައެވެ. 2009 ވަނަ އަހަރު އައިރީނާ އުފެދުނު ފަހުން އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް، އެޖަމްއިއްޔާއަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައަޅާފައެއް ނުވެއެވެ. އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ޤައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.

Advertisement - newsAdvertisement

ފުރަތަމަ ފަހަރަށް ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއް ކަނޑައެޅުމާއި ގުޅިގެން ޑރ ނިޔާޒަށް މަރުޙަބާ ވިދާޅުވެ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ނިޔާޒް އެޖަމްއިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ހަމަޖެހުމުން ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ޤައުމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި އައިރީނާއާއިއެކު ގުޅިގެން އިތުރު މަސައްކަތްކުރެވޭނެކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ތަނބަކީވެސް "ކްލައިމެޓް ޑިޕްލޮމެސީ"އެވެ.

ޑރ. ނިޔާޒް އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް މިއަދު ހަމަޖެހިގެން ދިޔައިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އޮމާން އަށާއި ބަޙްރައިންއަށް ރާއްޖެއިން ކަނޑައަޅާ ނަން-ރެޒިޑެންޓް އެމްބެސެޑަރކަމަށްވެސް ރުހުން ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް

27 އެޕްރީލު 2017
މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް
22 އެޕްރީލު 2017

ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް

22 އެޕްރީލު 2017
ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
26 މާރިޗު 2017

ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް

26 މާރިޗު 2017
ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް