Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޮޕް އެޗީވާޒް އެވޯޑް

ގައުމު އެދެނީ ޖަޒީރާވަންތަކަން ދިރުވައި ޤައުމު ތަރައްގީ ކުރުމަށް: ރައީސް ސޯލިހު

9 ޖުލައި 2019 | އަންގާރަ 19:36

ތައުލީމީ މަރުހަލާގެ އިލްމީ ބަހުސްތަކުގައި އުޅޭއިރު އަބަދުވެސް ހިތުގައި ބާއްވަންވީ ގައުމު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖުލައި 2019 | އަންގާރަ 19:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އޭ ލެވެލް ޓޮޕް އެޗީވާޒް އެވޯޑް ހަފްލާގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އޭ ލެވެލް ޓޮޕް އެޗީވާޒް އެވޯޑް ހަފްލާގައި

ދިވެހި ޒުވާނުންގެ ކިބައިން ގައުމު އެދެނީ ގައުމުގެ ޖަޒީރާވަންތަކަން ދިރުވައި, ގައުމު ތަރައްގީ ކުރަން ދަންނަ ބަޔަކަށް ޒުވާނުން ވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އޭ ލެވެލް ޓޮޕް އެޗީވާޒް އެވޯޑް ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޤައުމު ބިނާކުރުމުގައި ދަރިވަރުންގެ ތައުލީމީ ގާބިލުކަމާއި ހުނަރުވެރިކަމުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފާނޭކަމާމެދު ޝައްކުނުކުރުއްވާކަމަށާއި ތައުލީމީ މަރުހަލާގެ އިލްމީ ބަހުސްތަކުގައި އުޅޭއިރު އަބަދުވެސް ހިތުގައި ބާއްވަންވީ ގައުމު ކަމުގައެވެ.

Advertisement - newsAdvertisement

މުސްތަގްބަލުގައި ގައުމަށް ކުރިމަތިވެދާނެ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމަށް ހައްލު ހޯދުމުގެ ކުޅަދާނަކަން ލިބިގެންވާ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރަންވީ، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ތަރައްގީ ކުރުމަކީ ޒުވާނުންގެ ކޮޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް ކަމަށާއި ގައުމަށް އެންމެ އެދެވޭ ތަރައްގީ ގެނެވޭނީ ފެންވަރު ރަނގަޅު ތައުލީމުން ސިކުނޑިތައް މުއްސަނދިވެފައިވާ ޒުވާން ޖީލެއް ބިނާކުރެވިގެންކަމަށެވެ. އަދި ހަޔާތުގައި އެންމެ ކާމިޔާބު މީހަކީ، އިލްމީ ނަޒަރިއްޔާތަކުގައި އަމަލީ ސިފަ ޖައްސަން އެނގޭ މީހާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ތަރައްގީ އާއި އިގްތިސާދުގެ ތަސައްވުރު ގުޅިފައިވަނީ، ތައުލީމް ލިބިފައިވާ ހުނަރުވެރި އަދި ފަންނުވެރި އިލްމީ ރައްޔިތެއް ބިނާކުރުމަށް ނަމަވެސް ގައުމަށް ބޭނުންވާ އާ އީޖާދު ތަކާއި އުފެއްދުންތައް ލިބިގެން ނޫނީ ތައުލީމަށް މި ކުރާ ހޭދައިގެ ފޮނިމީރުކަން ބޭނުންވާ މިންވަރަށް ހާސިލް ނުކުރެވޭނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް