Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗީފް އޮފް ޑިފެންސް ފޯސް

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީ ކުރުމަށް މަޝްވަރާ ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2019 | ހުކުރު 07:17
ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރެއްވުން

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރެއްވުން

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރީ ރަޖްނަތު ސިންގްހާއި ބައްދަލުކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައްކުރެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ބުދަ ދުވަހު ހެނދުނު ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގެންނެވިއިރު، މި ދަތުރު ނިންމަވާލައްވާނީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން ޝަމާލް ވަނީ އެ ކޮމެޓީގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވައި، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން، ޝަމާލްގެ މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި ލެކްޗަރ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުފުޅުގައި އިންޑިއާގެ ސްޓާފް ކޮލެޖަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ބްރިގޭޑިއާރ ޖެނެރަލް ޙާމިދު ސަފީޤާއި، އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު