Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްއެމް-އޭސީސީ

ކޮޕަރްޝަނަށް މަގުފަހިވާގޮތަށް އޮތް 20 މައްސަލައެއް އޭސީސީއަށް ހުށައަޅާފައިވާތާ 5 މަސް ވެއްޖެ: ޕީއެސްއެމް

ޕީއެސްއެމްގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަމަށް އޭސީސީން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2019 | ބުރާސްފަތި 07:53
ޕަބްލިކް ސާރވިސް މީޑިއާ

ޕަބްލިކް ސާރވިސް މީޑިއާ

ކުރީގެ ސަރުކާރުގައި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގި ބައެއް މަޝްރޫތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާތާ 5 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމްގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާ ކަމަށް އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ) ގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެފައިވަނިކޮށް ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ސަރުކާރުގައި އެ ކުންފުނިން ހިންގި ބައެއް މަޝްރޫތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާތާ 5 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަަމަށެވެ. އަދި އޭސީސީގެ މެމްބަރުންގެ މަސްލަހަތު ފުށުނާރާ ގޮތަކަށް އަދި އިންސާފުގެ މަގުން އެއްކިބާ ނުވެ އެ މައްސަލަތައް ބެލިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، މިހާރުގެ މެނޭޖްމަންޓުން އެ މައްސަލަތައް އޭސީސީއަށް ހުށައެޅީ ކުންފުނީގެ އިންޓާރނަލް އޮޑިޓަކަށް ފަހު އިތުރަށް ބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރިކަން ކުންފުންޏަށް ފާހަގަކުރެވިފައިވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެސްއެމް އިން އެހެން ބުނެފައިވާއިރު، އެސްއޯއީ ކޮމިޓީގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވެފައިވަނީ ކުންފުނިތަކުގައި ހުންނަން ޖެހޭ ބައެއް ކަހަލަ ލިޔެކިއުންތައް ނެތް ކަމަށާއި، މިހާރު ތަހުހީގު ކުރަމުންދާ މައްސަލަތަކަށް ބަލާއިރު ޕަބްލިކް ސާވިސް މީޑިއާގައި ހުންނަން ޖެހޭ ވަރަށް ގިނަ ލިޔެކިއުންތަކެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕީއެސްއެމް އިން ބުނީ، އޭސީސީއަށް ބޭނުންވާ ތަހުޤީޤީ ލިއެކިއުންތައް ގުޅުންހުރި ޑިޕާރޓްމަންޓްތަކުން ހޯދޭނެ އިންތިޒާމް ޕީއެސްއެމްއިން ހަމަޖައްސާފައިވާނެ ކަމަށާއި، ޕީއެސްއެމްގެ ކަމާ ގުޅޭ މުވައްޒަފުންގެ ކޮމްޕިއުޓަރތަކުގެ ހާރޑްޑިސްކްތަކާއި، އީމެއިލް މުއާމަލާތްތައްވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. ވުމާއެކު ތަހުގީގަށް ހުރަސް އެޅިފައިވާ ކަމަށް އޭސީސީން މަޖިލީހުގައި ހާމަކުރުމަކީ މައްސަލަ ނުބަލައި ފައިލް ކުރުމުގެ ނިޔަތުގައި ހިންގި އަމަލެއް ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު