Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ

މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ ބަލައިގެންފި

2 ޖުލައި 2019 | އަންގާރަ 09:10

އެކޮމިޓީއިން ބަލައިގެންފައިވަނީ ހާޒިރުވެ ވަޑައިގެންތިއްބެވި ފަސް މެމްބަރުންގެ އިއްތިފާގުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖުލައި 2019 | އަންގާރަ 09:10
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޖިނާއީ ތަހުގީގުތަކުގައި އިންޑިއާ އާއި ދިވެހިރާއްޖެ އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ"، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ބަލައިގެންފިއެވެ.

މި އެއްބަސްވުން އެކޮމިޓީއިން ބަލައިގެންފައިވަނީ ހާޒިރުވެ ވަޑައިގެން ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އެއްބަސްވުން ބަލައި ނުގަންނަ ކަމަށް ތިން މެމްބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އޮތް ކޮމިޓީގައި ވަނީ މެމްބަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި އެމްއެމްއޭއާއި ފޮރިން މިނިސްޓްރީ އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބޭފުޅުން ހާޒިރު ކޮށްފައެވެ.

މި ޓްރީޓީގެ ބޭނުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. އެގޮތުން ކޯޓަށް ހާޒިރުކުމުގައާއި، ކޯޓު އަމުރު ތަންފީޒު ކުރުމުގައާއި އެހެނިހެން ޝަރުޢީ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދިނުމަށް މި އެއްބަސްވުމުގައި ވެއެވެ.

މި ޓްރީޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަހުގީގުކުރުމުގައާއި، ޝަރީޢަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

މި ޓްރީޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

މި ޓްރީޓީގެ ސަބަބުން މިހާރު އާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2018

ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭ ބިލް މަޖިލީހަށް ބަލައިގެންފި

12 މާރިޗު 2018
ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭ ބިލް މަޖިލީހަށް ބަލައިގެންފި
27 ފެބުރުއަރީ 2018

ޖުމްހޫރީ ޕާޓީން ހުށަހެޅި ދެ މައްސަލައެއް އެންއައިސީން ބަލައިގެންފި

27 ފެބުރުއަރީ 2018
ޖުމްހޫރީ ޕާޓީން ހުށަހެޅި ދެ މައްސަލައެއް އެންއައިސީން ބަލައިގެންފި
26 ފެބުރުއަރީ 2018

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން ހަމަޖައްސައިފި

26 ފެބުރުއަރީ 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން ހަމަޖައްސައިފި
26 އޯގަސްޓު 2017

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!

26 އޯގަސްޓު 2017
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާދިއުން: ލީގަލް ކޮމިއުނިޓީ އިހްތިޖާޖު ކުރަންޖެހޭ!
25 ޖުލައި 2017

ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

25 ޖުލައި 2017
ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
24 ޖުލައި 2017

ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

24 ޖުލައި 2017
ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
16 ޖޫން 2017

ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން

16 ޖޫން 2017
ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން
08 މެއި 2017

އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި

08 މެއި 2017
އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި
11 އެޕްރީލު 2017

އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

11 އެޕްރީލު 2017
އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް